މަސައްކަތް
ނަންބަރު: 116-F3/IL/2021/4
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 16:52
ސުންގަޑި: 21 ޖަނަވަރީ 2021 13:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްގެ ޑިއުޓީފުރީ ޑިޕާޗަރ ފިހާރަތަކުން އާބާތުރަފިލުވައި ޢުމްރާނީ ބަދަލުތަކެއް ގެނެސްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު 

އެމް.އޭ.ސީ.އެލްގެ ޑިއުޓީފުރީ ޑިޕާޗަރ ފިހާރަތަކުންއާބާތުރަފިލުވައި ޢުމްރާނީ ބަދަލުތަކެއް ގެނެސްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

    މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި، މި ކުންފުނިން ދޭ މިންގަނޑުތަކާއި އެއްގޮތަށް، މިކުންފުނީގެ ޑިއުޓީފުރީ ޑިޕާޗަރ ފިހާރަތަކުން އާބާތުރަފިލުވައި ޢުމްރާނީ ބަދަލުތަކެއް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި، ފްލޯރިން، ސީލިންކުރުން، ޕާޓިޝަންޖެހުން، އޭސީހަރުކުރުން، ސޮކެޓްއެޅުން، ލައިޓްހަރުކުރުން، ފިކްސްޗާރ ހެދުމާއި ހަރުކުރުން، ވަޔަރުކުރުން، މުށިޖެހުން، ބަލްކްހެޑް ހަރުކުރުން އަދި ތަޅާލުންފަދަ މަސައްކަތްތައް ހިމެނެއެވެ.

    މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2021 ޖަނަވަރީ 21 ވާ ބުރާސްފަތިދުވަހުގެ މެންދުރު 1:00 ގެ ކުރިން،ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

    ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2021 ފެބުރުވަރީ 11 ވާ ބުރާސްފަތިދުވަހުގެ މެންދުރު 1:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2021 ފެބުރުވަރީ 11 ވާ ބުރާސްފަތިދުވަހުގެމެންދުރު 1:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

    ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

 

14 ޖަނަވަރީ 2021