ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)94-Q/94/2021/02
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 15:26
ސުންގަޑި:
21 ޖަނަވަރީ 2021 14:00
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ ބޭނުމަށް ސެމްސަންގް ގެލެކްސީ ޓެބް ފޯރުކޮއްދޭނެ ފަރާތެއް ހޯދުމަށް.
ޕްރޮޖެކްޓް ނަންބަރު: PC-942021W-04
އަންދާސީ ހިސާބު ބޭނުންވެއްޖެ
- މޯލްޑިވްސް އިމިގްރޭޝަންގެ ބޭނުމަށް 10 ސެމްސަންގް ގެލެކްސީ ޓެބް ފޯރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv އިން 14 ޖެނުއަރީ 2021 ފެށިގެން ލިބެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 21 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އަދި މިމުއްދަތު ހަމަވުމުން އެކިފަރާތްތަކުން ފޮނުވާފައިވާ ސުވާލުތަކަށް އެކުގައި ޖަވާބުދެވޭނެއެވެ. އަދި މިޖަވާބުތައް މައުލޫމާތު ޝީޓުގެ ބައެއްގެ ގޮތުގައި ވެބްސައިޓްގައި ޝާއިރު ކުރެވޭނެއެވެ.
- މިޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް އީމެއިލް ކުރައްވާނީ 21 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
- ބީލަން ހުށައެޅުން އޮންނާނީ 28ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހުގެ އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް (ހުރަވީ ބިލްޑިންގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް،
މޯލްޑިވްސް އިމިގްރޭޝަން،
ހުރަވީ ބިލްޑިންގް، 2 ވަނަ ފަންގިފިލާ،
އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން : +960 3330436, +960 3330465
އީމެއިލް : [email protected]
ކޮޕީ : [email protected]
14 ޖަނަވަރީ 2021