މަސައްކަތް
ނަންބަރު: (IUL)249-A/249/2021/1
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 21 ޖަނަވަރީ 2021 14:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަހައްދުތައް ސާފުކުރުމަށް މީހުން ނެގުމާއިގުޅޭ:

އިޢުލާން

 

އިޖްތިމާޢީ ސަރަހައްދުތައް ސާފުކުރުމަށް މީހުން ނެގުމާއިގުޅޭ:

 

ހއ. ކެލާ އިޖްތިމާޢީ ސަރަހައްދުތަކުގައި ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބަލަހައްޓާނެ މީހުން 01 އަހަރު ދުވަހުގެ މުއްދަތަށް ބޭނުންވެއްޖެއެވެ.                                                        

މަސައްކަތުގެ ގަޑި:            1 ގަޑިއިރާއި 30 މިނިޓް ( ދުވާލަކު )

އެލަވަންސް:                 މަސައްކަތްކުރާ ދުވަހަކަށް -/40 ރުފިޔާ

 

ޝަރުތު:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

- އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން

- 2020 ވަނަ އަހަރު އިޖްތިމާޢީ ސަރަހައްދު ސާފުކޮށްފައިވާ ފަރާތެއްވާނަމަ، ކޮންޓްރެކްޓް އާކޮށްދެވޭނީ %50 ހާޟިރުވެފައިވާނަމައެވެ.

 

މަސްޢޫލިއްޔަތުތަކާއި އެހެނިހެން ކަންތައް:

- ކެލާ ކައުންސިލުން އިޖްތިމާޢީ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅަފާއިވާ ސަރަހައްދުތަކާއި މަގުތައް ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް.

- އިޖްތިމާޢީ ސަރަހައްދުގެ ގަސްތައް ކައުންސިލްގެ ބެލުމުގެ ދަށުން ކޮށާ ސާފުކުރުމުގެ މަސައްކަތް.

- އިޖްތިމާޢީ ސަރަޙައްދު ތަކުން ނަގާ ކުނިބުނިތައް އުކާލަންވާނީ، ކެލާގައި ކުނި މެނޭޖްކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް.

 

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން މިއިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

14 ޖަނަވަރީ 2021

14 ޖަނަވަރީ 2021