ދިވެހިރާއްޖެ
މިރަށު އިޖުތިމާޢީ ސަރަޙައްދާއި އިޖްތިމާޢީ ސަރަޙައްދުގައިހިމެނޭ މަގުމަގާއި ގޯޅިތަށް ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބަލަހަށްޓާދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރ: (IUL)261/261/2021/01 (04 ޖެނުއަރީ 2021) އިޢުލާނާއި ގުޅިގެން 2021 ވަނަ އަހަރަށް މިއިދާރާއަށް ދީފައިވާ ބަޖެޓުން ހަމަޖެއްސޭވަރަށްވުރެ ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެޢިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 ޖެނުއަރީ 2120 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހިރިމަރަދޫ ކައުންސިލްގެ އިދާރާގައެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ހިރިމަރަދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 25 ޖެނުއަރީ 2021 ވާ ހޯމަދުވަހުގެ 11:00 އަށް ހިރިމަރަދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ގެންނަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްގެ ބަދަލުގައި އެއްވެސްފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނަމަ ކުންފުނި/ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ކުންފުނި/ އިންވެސްޓްމަންޓްގެ ރަސްމީ ލިޔުމެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅުއްވާ މަސައްކަތުގެ ނަމާއި، ހުށަހަޅުއްވާ ފަރާތުގެނަންއޮންނަން ވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.
14 ޖަނަވަރީ 2021