ދިވެހިރާއްޖެ
މަޤާމް :ސީނިއަރ ޑެންޓަލް އޮފިސަރ / ޑެންޓަލް އޮފިސަރ | |
---|---|
ބޭނުންވާ އަދަދު :3 | |
ޑެންޓަލް އޮފިސަރ / ސީނިއަރ ޑެންޓަލް އޮފިސަރ
މިހޮސްޕިޓަލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. މިމަގާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ގާބިލް ފަރާތެކެވެ. |
|||
މަޤާމު |
ސީނިއަރ ޑެންޓަލް އޮފިސަރ / ޑެންޓަލް އޮފިސަރ |
||
މަޤާމުގެ ނަންބަރު |
- |
||
ބޭނުންވާ ޢަދަދު |
03 (ތިނެއް) |
||
މަޤާމުގެ ގިންތި |
ދާއިމީ |
||
މަޤާމުގެ ކްލެސިފިކޭޝަން |
ޑެންޓިސްޓް (ޖެނެރަލް) |
||
ޑިވިޝަން / ސެކްޝަން |
ކްލިނިކަލް ސަރވިސް / ސާރޖަރީ ސެކްޝަން |
||
މަޤާމު އޮތް އޮފީސް |
ލ.ގަމު ރީޖަނަލް ހޮސްޕިޓަލް |
||
ވަޒީފާ އަދާކުރަންޖެހޭ ތަން |
ލ.ގަމު ރީޖަނަލް ހޮސްޕިޓަލް |
||
މަޤާމް |
ސިވިލްސަރވިސްގެ ރޭންކް |
އަސާސީ ޝަރުތު |
މަޤާމުގެ އަސާސީ މުސާރަ މަހަކު ( ރުފިޔާ) |
ސީނިއަރ ޑެންޓަލް އޮފިސަރ |
CS-14-5 |
ސީނިއަރ ޑެންޓަލް އޮފިސަރ ސީ.އެސް 14-4 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
-/22040 ރުފިޔާ |
CS-14-4 |
ސީނިއަރ ޑެންޓަލް އޮފިސަރ ސީ.އެސް 14-3 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
-/21070 ރުފިޔާ |
|
CS-14-3 |
ސީނިއަރ ޑެންޓަލް އޮފިސަރ ސީ.އެސް 14-2 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
-/20110 ރުފިޔާ |
|
CS-14-2 |
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު ޓީޗިންގ ހޮސްޕިޓަލެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ އިންޓަރޝިޕް ފުރިހަމަކޮށްފައިވުމާއެކު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުމާއެކު ޑެންޓަލް އޮފިސަރެއްގެ މަގާމުގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
-/19230 ރުފިޔާ |
|
ޑެންޓަލް އޮފިސަރ |
CS-12-5 |
ޑެންޓަލް އޮފިސަރ ސީ.އެސް 12-4 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
-/18350 ރުފިޔާ |
CS-12-4 |
ޑެންޓަލް އޮފިސަރ ސީ.އެސް 12-3 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
-/17490 ރުފިޔާ |
|
CS12-3 |
ޑެންޓަލް އޮފިސަރ ސީ.އެސް 12-2 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
-/16630 ރުފިޔާ |
|
CS12-2 |
ޑެންޓަލް އޮފިސަރ ސީ.އެސް 12-1 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން. |
-/15850 ރުފިޔާ |
|
CS12-1 |
މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން. |
-/15090 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
-/8250 ރުފިޔާ (މަހަކު) |
||
އެހެނިހެން އެލަވަންސް: |
1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން. 2- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް 3- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އެހެނިހެން ޢިނާޔަތްތައް. |
||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް |
1. އަނގައިގެ ބަލިތަކުން ރައްކާތެރިކޮށް ދުޅަހެޔޮކަންދެމެހެއްޓުމަށް ދަތްތަކާއި ހިރުގަނޑަށް ފަރުވާދީ އާންމުން ހޭލުންތެރިވުން. 2. ދަތުގެ ފަރުވާދުނުމުގައި ބަލިމީހާއަށް ތަދު އިހުސާސްކުރެވޭ މިންވަރު ކުޑަކުރުމަށް އައްސިކުރުމާއި ޑެންޓިސްޓްރީ ޕްރޮސީޖަރުތަކަށްފަހު ތަދު މަޑުކުރުމަށް ފަރުވާދިނުން. 3. ހަލާކުވެފައިވާ ދަތާއި ފަނިކައިފަ ހުންނަ ދަތްތައް ރަނގަޅުކުރުމަށް އިންޕްލާންޓް، ކްރައުން އަދި ބްރިޖް ރަނގަޅުކުރުމް އަދި އޯތިޑޮންޓިކްސް ފަރުވާ ފަދަ ފަރުވާ ދިނުން. 4. ދަތް އުފުރުމާ ބައޮޕްސީހެދުމާ އޯތޮޑޮންޓިކްސްފަދަ މެޑިކަލް އޮޕަރޭޝަން ހިމެނޭ ފަރުވާ ދިނުން. 5. ޑެންޓަލް ޕްރޮސްތެސިސް ހެދުމަށް ބޭނުންވާ ސައިޒާއި ބައްޓަން ކަނޑައެޅުމަށް ދަތްޕިލައާއި ކަތުރުކަށިގަނޑުގެ ނިންތަކާއި އިމްޕްރެޝަން ނެގުން. 6. ދަތުގެ ފަރުވާއަށް ބޭނުންވާ ސްޕޭސް މައިންޓަނަރސްއާއި ބްރިޖްފަދަ ތަކެތި ޑިޒައިންކުރުމާއި އެތަކެތި ހެދުމާ ބަލިމީހާގެ އަނަގައިގައި ހަރުކުރުމާއި ޑެންޓަލް ޕްރޮސްތެޓތިކް ޓެކްނިޝަނުންނަށް ބޭނުންވާ ޕެބްރިކޭޝަން އިރުޝަދާއި ޕްރިސްކްރިޕްޝަން ލިޔެދިނުން އަދި ހަރުކޮށްފައިހުންނަ ވައްތަރާއި ނެގޭ ވައްތަރުގެ ޕްރޮތިއެޓިކްސް ބޭނުންކޮށްގެން އަނގައިގެ ބޭނުން ފުރިހަމައަށް ހިފޭނެގޮތް ހެދުން. 7. އަނގައަށް ދިމާވާ ޞިއްޙީ މައްސަލަތަކުގެ އަލީގައި ޑައިބެޓިކްސް ފަދަ އާންމުބަލިތައް ދެނެގަތުމަށް އެހީތެރިވުން އަދި އަނގައިގެ ސާފުތާހިރުކަމާއި ނިއުޓްރިޝަންއާއި އަނގައިގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބަލިމީހާއާއި އާއިލާއަށް މައުލޫމާތުދީ ހޭލުންތެރިކުރުން. 8. ޑެންޓަލް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑެންޓަލް ހައިޖިނިސްޓުން، ޑެންޓަލް އެސިސްޓެންޓުންނާއި ޓީމުގެ އެހެން މީހހުން ސްޕަވައިޒްކުރުން. 9. ޑެންޓިސްޓްރީގެ ހިދުމަތުގައި ގެނގުޅޭ އުސޫލުތަކާ ބެހޭ ދިރާސާތައްކޮށް އެފަދަ މައުލޫމާތު ސައިންޓިފިކް ރިޕޯޓަތަކުގައި ޝާއިރުކުރުން. |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ހެލްތްގެwww.health.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.) |
||
ހުށައަޅަންޖެހޭ ލިޔުންތައް
|
5.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރުމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައިވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވ ނުވަތަ ޤައުމީ ނުވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި( އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުންދޭ ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޔެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަގްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް، 7- މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ |
||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖަނަވަރީ 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ގަމު ރީޖަނަލް ހޮސްޕިޓަލުގެ އިދާރީ ސެކްޝަނަށެވެ. ވަޒީފާ އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected] ) މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ. |
||
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު |
މި މަޤާމާށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 26 ޖަނަވަރީ 2021 އާއި 10 ފެބްރުވަރީ 2021 އާއި ދެމެދު ގަމުރީޖަނަލް ހޮސްޕިޓަލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||
ޝޯޓް ލިސްޓް ކުރުން |
މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކުރުން |
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް'' ( A2 ފޯމު ) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ގަމު ރީޖަނަލް ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ. |
||
އިތުރު މަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6800703 ނަމްބަރ ފޯނާއެވެ. އީ-މެއިލް ކުރާނީ ([email protected] ) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usool) އިން ލިބެން ހުންނާނެއެވެ. |