ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)261/261/2021/2
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 24 ޖަނަވަރީ 2021 10:30
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިރިމަރަދޫ ބަނދަރު ސަރަޙައްދުގައި ރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

ކައުންސިލުންދޭ ކުރެހުމަކާއި އެއްގޮތަށް ހިރިމަރަދޫ ބަނދަރު ސަރަޙައްދުގައި ރަށުގެ ނަން ރަމްޒުކޮށްދޭގޮތަށް މޮނިއުމެންޓް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއިއެއްގޮތަށް މި މަސައްކަތް ކުރިއަށްގެންދިއުމަށް ޝަޢުޤު ވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 24 ޖެނުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޖެނުއަރީ 2021 ވާ ބުދަ ދުވަހުގެ 10:30 އަށް މިއިދާރާއަށްދުރުވެ އަންދާސީ ހިސާބު ހުށާހެޅުއްވުންއެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ގެންނަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްގެ ބަދަލުގައި އެއްވެސްފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނަމަ ކުންފުނި/ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ކުންފުނި/ އިންވެސްޓްމަންޓްގެ ރަސްމީ ލިޔުމެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ މަސައްކަތުގެ ނަމާއި ހުށަހަޅުއްވާ ފަރާތުގެ ނަން އޮންނަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13 ޖަނަވަރީ 2021

13 ޖަނަވަރީ 2021