ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)456-CA/456/2021/16
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 10:40
ސުންގަޑި: 21 ޖަނަވަރީ 2021 00:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
2021 ވަނައަހަރު ކަލައިދޫ މިސްކިތްތަށް ބަލަހައްޓާނެ ވަގުތީ މުދިމުން ބޭނުންވެއްޖެ.

 

މަޤާމު:

މުދިމް

ބޭނުންވާ އަދަދު:

5           

މުއްދަތު:

31 ޑިސެމްބަރު 2021 ގެނިޔަލަށް

މުސާރަ:

53 ރުފިޔާ (މަސައްކަތްކުރާ ކޮންމެ ނަމާދުވަގުތަކަށް)

ފެންވަރު ނުވަތަ ޝަރުޠު:

  1. އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގުން
  2. ގިނަވަގުތު މަސައްކަތު އުޅެވޭ ފުރިހަމަ ސިއްހަތެއް ލިބިފައިވާ މީހެއްކަމުގައި ވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތުގައި އިމާމުވެ ނަމާދުކުރުން.

2. ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅާ ސާފުކުރޭތޯ ބެލުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދޭކަމުގެ ސިޓީ.
  2. އައިޑީ ކާޑު ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހުނަރު.
  2. ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ މީހެއް ކަމުގައިވުން.
  3. އިންޓަރވިއުއަށް ލިބޭ މާކްސް.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނެ ނަންބަރަކީ، 6800730 އެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2021 ޖެނުއަރީ 21 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެތި މި އިދާރާ ހުށަހެޅުން އެދެމެވެ.

 އިންޓަރވިއު:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚް ސިޓީ ހުށަހަޅާފަރާތްތަކަށް ފަހުން އެންގޭނެއެވެ.

 

14 ޖަނަވަރީ 2021