ދެންނެވުން
ނަންބަރު: L6MC-C/2021/01
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 10:31
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް އެކިފަރާތްތަކުން ހޮވައިގެން ގެނެސްފައިވާ ތަކެތީގެ ވެރިފަރާތެއް ހޯދުމަށް

2020 މާރިޗު 06ވަނަ ދުވަހު ފ.ނިލަންދޫ އެސްޖެހި ސްޓޯރު ކައިރިން ހޮވައިގެން މިކޯޓަށް ގެނެސްފައިވާ ފައިސާތަކަކާއި، 2020 އޮގަސްޓް 11ވަނަ ދުވަހުފ.ނިލަންދޫ އައުޓްޑޯރ ޖިމްކައިރިން ހޮވައިގެން ގެނެސްފައިވާ ފައިސާތަކަކާއި، 2020 ޖުލައި 03 ވަނަ ދުވަހު ފ.ނިލަންދޫ ބީޗްސައިޑް ގޯއްޗާ ދިމާލު އަތިރިމަތިން ހޮވައިގެން ގެނެސްފައިވާ ރަން ކެވެލިކޮޅަކާއި 2020 ސެޕްޓެންބަރު 15 ދުވަހު ފ.ނިލަންދޫ އާސާރީ ސަރަޙައްދުން ހޮވައިގެން މިކޯޓަށް ގެނެސްފައިވާ ފޯނެއް މިކޯޓުގައި އޮތްކަން ޢާއްމުކޮށް އިޢުލާން ކުރަމެވެ.

ވީމާ، މި ތަކެތީގެ ވެރިފަރާތެއްވާނަމަ އެފަރާތުން ކޯޓަށް ވަޑައިގެންނެވުމުން، ހަމަޖެހިފައިވާ ޤަވާޢިދުގެތެރެއިން އެތަކެތި ރައްދުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.

14 ޖަނަވަރީ 2021