ދިވެހިރާއްޖެ
ކެނދިކުޅުދޫ ކައުންސިލްގެ ބޭނުމަކަށް 2 ޓަނުގެ ޕިކަޕެއް އަމިއްލަ ޚަރަދުގައި ގަނެ ، މިކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މިކަމާއި ގުޅިގެން މީގެ ކުރިން 20 އޮކްޓޫބަރ 2020ގައި ކޮށްފައިވާ ، މިކައުންސިލްގެ ނަމްބަރ (IUL)286-PRJ/286/2020/5 އިޢުލާންއާއި އަދި ކޮށްފައި އެންމެހައި މުޢާމަލާތްތައް ، އެކަށީގެންވާ މަޢުލޫމަތު ފޮރުކޮށްދެވިފައި ނުވާތީވެ، މިއިޢުލާން ގެޒެޓް ކުރުމާއި ހަމައިން ބާޠިލްވީ ކަމުގައިވެސް ދެންނެވީމެވެ.
ވީމާ، އަމިއްލަ ޚަރަދުގައި މިކަންކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 13 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 25 ޖެނުއަރީ 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލަށް ވަޑައިގެން ނުވަތަ މިކައުންސިލްގެ މެއިލް ، [email protected] އަށް ބިޑް ހުށަހެޅުމަށް ދެންނެވީމެވެ.
މިކަމާއި ގުޅިގެން ، އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް 9797950 ފޯނަށް ނުވަތަ 6560013 ނަމްބަރ ފޯނަށް ގުޅުއްވުމަށް ވެސް ދެންނެވީމެވެ. މިއިޢުލާން އާއި އެކު މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓާއި ބިޑްފޯމް ގެޒެޓް ކުރެވިފައިވާނެއެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
29 ޖުމާދަލްޢޫލާ 1442
13 ޖެނުއަރީ 2021