ޢާންމު މަޢުލޫމާތު
ނަންބަރު: (PP)249-A/249/2021/1
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 11:04
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާއިން އެކި އެކި ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުމާބެހޭ އުޞޫލު

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ

      ކެލާ ، ދިވެހިރާއްޖެ                        

                                                             ނަންބަރ: (PP)249-A/249/2021/1

 

ހއ. ކެލާއިން އެކި އެކި ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުމާބެހޭ އުޞޫލު

1. ތަޢާރަފް

މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ތިލަދުންމަތީ އުތުރުބުރީ ކެލާކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ހެދިފައިވާ އުސޫލެކެވެ.

 

2. ނަން  

މި އުޞޫލަށް ކިޔާނީ “ހއ. ކެލާއިން އެކި އެކި ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުމާބެހޭ އުޞޫލް" މިހެންނެވެ.

 

3. މަޤްޞަދު   

މި އުޞޫލުގެ މަގްޞަދަކީ ހއ.ކެލާގައި ހުރި ސިނާޢީ ބިންތައް ކުއްޔަށް ދިނުމުގައި ބޭނުންކުރާނެ ހަރުދަނާ   ނިޒާމެއް ޤާއިމުކުރުން

 

4. އުޞޫލު ތަންފީޒުކުރުން

މި އުޞޫލް ހިންގާ ތަންފީޒު ކުރާނީ ކެލާ ކައުންސިލުގެ އިދާރާއިންނެވެ.

 

5. ބިން ކުއްޔަށް ދޫކުރުން

މި އުޞޫލުން ދަށުން ބިން ކުއްޔަށް ދޫކުރެވޭނީ ދައުލަތުގެ ގަވާއިދު ނަމްބަރ2017/R-20  (ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދު) އާ އެއްގޮތްވާ ގޮތުގެ މަތިން ބީލަމުގެ އުޞޫލުން އިޢުލާން ކުރުމުން އެ އިޢުލާނަށް އިޖާބަދީ ބިން ކުއްޔަށް ހިފުމަން އެދި މ އުޞޫލުގެ ނުވަ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޯމު ހުށަހެޅުމުން ޤަވާއިދު ނަމްބަރ  2017/R-20   ( ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އާއި އެއްގޮތްވާ ގޮތުގެ މަތިން އެފޯމު އެވެލުއޭޓް ކުރުމަށްފަހު އޭގެތެރެއިން އެންމެ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތަކާއި ދެމެދު ވެވޭ އެއްބަސް ވުމެއްގެ ތެރެއިންނެވެ.

 

6. ބިން ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލުން

ހއ. ކެލާގައި ހުރި ބިންތަށް ކުއްކުއްޔަށް ދޫކުރުމަށްޓަކައި އެބިން ކުއްޔަށް ހިފަންބޭނުންވާ ފަރާތްތަކަށް ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައި އެކަން ޢާންމުކޮށް އެންގުމުގެ ގޮތުން ކައުންސިލުގެ ފަރާތުން އިޢުލާން ކުރަންވާނެއެވެ.

 

7. ބިން ކުއްޔަށް ދޫކުރުމަށް އިޢުލާން ކުރުން

މި އުޞޫލުގެ ފަސްވަނަ މާއްދާގައިވާ ގޮތުގެ މަތިން ކެލާއިން ކުއްޔަށް ދޫކުރާބިންތަކަށް އިޢުލާންކުރާއިރު ތިރީގައިމިވާ ބައިތަށް ފުރިހަމަ ވާންވާނެއެވެ.

(ހ) ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ ބިމުގެ މަޢުލޫމާތު

(ށ) ބިން ކުއްޔަށް ދޫކުރާ މުއްދަތު

(ނ) ބިން ކުއްޔަށް ހިފާ ފަރާތް ކަނޑައެޅުމުގެ ގޮތުން ޕޮއިންޓް ދިނުމުގައި އަމަލު ކުރާނެ އުޞޫލް

(ރ) ފޯމު ހުށަހެޅުމުގެ ސުންގަޑި

(ބ) ބިން ކުއްޔަށްހިފާ ފަރާތުގެ ކިބައިގައި ޚާއްޞަ ސަރުތުތަކެއް ފުރިހަމަ ވާންޖެހޭނަމަ އެ ޝަރުތުތައް

(ޅ) ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެ ކިޔުމުގެ މަޢުލޫމާތު

 

8. މުއްދަތު ހަމަވުމުން އަލުން އިޢުލާންކުރުން

ކުއްޔަށް ދޫކޮށްފައިވާ ބިމެއްގެ މުއްދަތު ހަމަވުމުގެ މަދުވެގެން 30 (ތިރީސް) ދުވަހުގެ ކުރިން އެބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތަކަށް އެކަމުގެ ފުރުސަތު އޮތްކަން އެންގުމަށް މިގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެބިން ކުއްޔަށް ހިފުމުގެ ފުރުސަތު އޮތްކަން އެންގުމުގެ ގޮތުން ކައުންސިލުން އިޢުލާން ކުރަންވާނެއެވެ.

 

9. ކުއްޔަށް ދޫކޮށްފައިވާ ބިން ހުސްވެގެން އިޢުލާން ކުރުން

ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ތެރޭގައި ކުއްޔަށް ދޫކޮށްފައިވާ ބިން، ކުއްޔަށްހިފި ފަރާތުން ދޫކޮށްލައިފިނަމަ ނުވަތަ މިނޫންވެސް ސަބަބަކާއި ހުރެ ކުއްޔަށް ދޫކޮށްފައިވާ ބިން ހުސްވެއްޖެނަމަ ބިން ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މިގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެބިން ކުއްޔަށް ހިފުމުގެ ފުރުސަތު އޮތްކަން އެންގުމުގެ ގޮތުން ކައުންސިލުން އިޢުލާން ކުރަންވާނެއެވެ.

 

10. ފޯމު ހުށަހެޅުން

(ހ) ހއ.ކެލާގައި ހުރި ބިންތަށް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދެންވާނީ ހއ.ކެލާ ކައުންސިލުން ދޫކުރާ ބިންތަށް ކުއްޔަށް ހިފުމަށް ދޫކުރާ ފޯމު ހުށަހަޅައިގެންނެވެ.

(ށ) މި މާއްދާއިގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު، ކެލާ ކައުންސިލުގެ ވެބްސައިޓުންނާއި ހއ،ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

 

11. ކުއްޔަށް ހިފާފަރާތުގެ ސަރުތު

މި ގަވާއިދުގެ ދަށުން ކުއްޔަށް ހިފާ ފަރާތުގެ ކިބައިގައި އަންނަނިވި ޝަރުތު ތަށް ފުރިހަމަ ކުރަން ވާނެއެވެ.

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހިރައްޔިތެއްގެ ސޯލް ޕްރޮޕަރޭޓަރ ޝިޕަކަށްވުން ނުވަތަ

(ށ) ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100% ( ސަތޭކަ އިންސައްތަ) ދިވެހި ހިއްސާވާ ޕާޓްނަރޝިޕަކަށްވުން ނުވަތަ

(ނ) ދިވެހއިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 0 (ސަތޭކަ އިންސައްތަ) ދިވެހިން ހިއްސާވާ ކޯޕަރޭޓިވް ސޮސައިޓީއަކަށްވުން

)ރ) ދިވެހއިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 0 (ސަތޭކަ އިންސައްތަ) ދިވެހިން ހިއްސާވާ ކުންފުންޏަކަށްވުން

(ބ) ވޭތިވެ ދިޔަ ފަސް އަހަރު ދުވަސްތެރޭ ބިންގަނެ ވިއްކުމުގެ މުޢާމަލާތެއްކުރުމުގައި އޮޅުވާލުމާއި މަކަރާއި ހީލަތްހެދުމާއި ފްރޯޑު ކުށެއް ސާބިތުވެފައިނުވުމާއި އެއްވެސް ހުކުމެއް ތަންފީޒުކުރަމުންދާ ގާނޫނީ ޝަޚުޞެއްކަމުގައި ނުވުން

(ޅ) އިފްލާސްކޮށްފައިވާ ޤާނޫނީ ޝަޚުޞަކަށް ނުވުން

 

12. ބިންހަވާލު ކުރުން

މިގައވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކައުންސިލުން ކުއްޔަށް ދޫކުރާބިން ކުއްޔަށް ދިނުމުގެ ގޮތުން ކުއްޔަށް ހިފާފަރާތާއި ކެލާ ކައުންސިލާ ވެވޭ އެއްބަސްވުމުގައި ސޮއިކުރާތާ 15(ފަނަރަ) ދުވަހުގެ ތެރޭގައި ކުއްޔަށް ދޫކުރާ ބިން ކުއްޔަށް ހިފާފަރާތާއި ކެލާ ކައުންސިލާއި ދެމެދު ސޮއިކުރަންވާނެއެވެ.

 

13. ކުއްޔަށް ދެވޭނެ މުއްދަތު

ހއ. ކެލާގައި ހުރި ކުލީ ބިންތަށް ކުއްޔަށް ދެވޭނެ އެންމެ ދިގުމުއްދަތަކީ މީލަދީ ސަނަތުން 50 (ފަންސާސް) އަހަރުދުވަހެވެ.

 

14. ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުން

(ހ) މި އުޞޫލުގެތެރެއިން ކެލާ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ކުއްޔަށް ހިފުމަށް އެއްބަސްވެފައިވާ ފަރާތުން އެހެން ފަރާތަކަށް އެބިން ކުއްޔަށް ދިނުމަކީ މަނާކަމެކެވެ.

(ށ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރި ބިމެން ކުއްޔަށް ހިފިފަރާތުން އެހެންފަރާތަކަށް ކުއްޔަށް ދޫކޮށްފިނަމަ މިގަވާއިދުގެ 19 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކުރުމާއި އެކު  ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ ކިބައިން ކުއްޔަށް ދޫކޮށްފައިވާ ބިން ކެލާ ކައުންސިލަށް ނެގޭނެއެވެ. އަދި މިގޮތުގެ މަތިން ކެލާ ކައުންސިލަށް ބިންނަގާއިރު މިގަވާއިދުގެ 20 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ބަދަލުދޭކަށް ނުޖެހޭނެއެވެ.

 

15. ކުއްޔަށް ދޫކުރާ ބިމުގައި ދިރިއުޅުން

މި އުޞޫލުގެ ދަށުން ކުއްޔަށްދޫކުރާ ބިމުގައި މީހުން ދިރިއުޅުމަކީ މަނާކަމެކެވެ.

 

16. ކުއްޔަށް ދޫކުރެވޭ ބިމުގައި ކުރެވޭނެ މަސައްކަތްތައް

މި އުޞޫލުގެ ދަށުން ކުއްޔަށްދޫކުރާ ބިމުގައި ހަމައެކަނި ކުރެވޭނި އެބިން ކުއްޔަށް ދޫކުރުމަށް ވެވިފައިވާ އެއްބަސް ވުމުގައި ކުރަން ކަނޑައެޅިފައިވާ މަސައްކަތްތަކެވެ.

 

17. ސާފުތާހިރުކޮށް ބެލެހެއްޓުން

މި އުޞޫލުގެ ތެރެއިން ކުއްޔަށް ދޫކުރާ ބިން ސާފުކޮށް ބަލަހައްޓަން ވާނެއެވެ.

 

18. އެއްބަސްވުން 

މި އުޞޫލުގެ ދަށުން ކުއްޔަށް ދޫކުރާ ބިންތަން ކުއްޔަށްދޫކުރުމަށް ހަދާ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ކުއްޔަށް ދޫކުރާ ބިމުގެ މަޢުލޫމާތު

(ށ) ކުއްޔަށް ހިފާފަރާތާއި ކުއްޔަށް ދޫކުރާ ފަރާތުގެ މަޢުލޫމާތު

(ނ) ބިން ކުއްޔަށް ދޫކުރާ މުއްދަތު

(ރ) ކުލީގެ މިންވަރާއި ކުލި ދައްކާނެ ގޮތް

(ބ) ކުލި ދައްކަން ޖެހޭ މުއްދަތުގައި ކުލ ނުދައްކައިފިނަމަ ޢަމަލު ކުރާނެ ގޮތް

(ޅ) އެއްބަސްވުން ބާތިލޫ ނުކޮށް ޖޫރިމަނާގެ ގޮތުގައި އެންމެ ގިނަވެގެން ނެގޭނެ މިންވަރު

(ކ) ކުލި ރިވިއު ކުރާނަމަ ރިވިއު ކުރާނެ ގޮތް

(އ) ކުއްޔަށް ހިފާ ބިމުގައި އިންވެސްޓް ކުރުމަށް އެއްބަސްވާ ގޮތް

(ވ) ކުއްޔަށް ހިފާފަރާތުގެ އިންވެސްޓްމަންޓަށް ބަދަލު ދޭނެގޮތް

(މ) އެއްބަސްވުމުގައިވާ ގޮތަށް ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ ، އެއްބަސްވުން ބާތިލްކޮށް ، ކުއްޔަށްހިފާފަރާތުގެ ކިބައިން އެބިމެއް އަތުލެވޭނެއެވެ.

(ފ) ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކައިގެން ކުއްޔަށް ހިފާފަރާތުގެ ފަރާތުގެ ކިބައިން އެބިމެއް ވަކިކުރާއިރު ، އެހާތަނަށް ނުދައްކާހުރި ކުއްޔާއި ޖޫރުމަނާއަށްވާ ފައިސާ ހޯދާނެގޮތް

(ދ) ކުއްޔަށް ދޫކުރާ ބިމުގައި ކުރާނެމަސައްކަތްތަށް

(ތ) ބިން ކުއްޔަށް ދޫކުރި ބޭނުން ފިޔަވައި އެނޫންކަމަކަށް އެބިން ބޭނުން ނުކުރެވޭނެއެވެ.

(ލ) ބިން ކުއްޔަށް ހިފާ މުއްދަތުގައި ހާޞިލުކުރަން ބޭނުންވާ މަޤްޞަދުތަކާއި އެމަޤްޞަދު ހާޞިލު ނުވެއްޖެނަމަ އަޅާނެ ފިޔަވަޅު

(ގ) ބިން ބޭނުން ކުރަމުންދަނީ އެއްބަސްވުމާއި އެއްގޮތަށްތޯ

(ޏ) ބިން ކުއްޔަށް ހިފާފައިވާ މުއްދަތުގައި ކުއްޔަށްހިފާފަރާތުން އިތުރު އެއްވެސް ފަރާތަތަކަށް ކުއްޔަށް ނުދެވޭނެކަން

(ސ) ކުއްޔަށް ދޫކުރާ ބިމާއި ބިމުގައި ހަދާ އިމާރާތްތަށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭނެ ފިޔަވަޅުތަށް

(ޑ) ކުއްޔަށް ދޫކުރާ ބިމާއިގުޅޭގޮތުން ދަޢުލަތުގެ މުޢައްޞަސާއަކަށް ނުވަތަ ކުންފުންޏަކަށް ނުވަތަ އެހެންވެސް އެފަދަ އެހެންފަރާތަކަށް ދައްކަންޖެހޭ ފައިސާއެއް ދައްކާނި ކުއްޔަށް ހިފާފަރާތުންނެވެ.

(ޒ) އެއްބަސް ވުމުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަނަމަ އެކަން ހައްލު ކުރާނެ ގޮތާއި އަޅާނެ ފިޔަވަޅު

(ޓ) އެއްބަސް ވުމާއި ޚިލާފު ވެއްޖެނަމަ އަޅާނެ ފިޔަވަޅާއި ޖޫރިމާނާ ކުރާނެ މިންވަރު

(ޔ) ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވެގެން ނުވަތަ އެނޫންވެސް ސަބަބަކާއި ހުރެ އަނބުރާއި ބިމާއި ހަވާލުވުމުގައި ނުވަތަ ހަވާލު ކުރުމުގައި ޢަމަލު ކުރާނެގޮތް

(ޕ) ބިން ކުއްޔަށް ދޫކުރުމަށް އެއްބަސްވެފައިވާ މުއަދަތު ހަމަވުމުގެ ކުރިން ދައުލަތުގެ ބޭނުމަކަށް އެބިން ބޭނުންވެއްޖެނަމަ ކުއްޔަށް ހިފާފައިވާ ފަރާތަށް ބަދަލު ދިނުމުގެ ކަންކަން ހަމަޖަސާނެގޮތް

(ޖ) މަތީގައިވާ މާއްދާތަކުގެ އިތުރުން ކެލާކައުންސިލުން ހިމަނަން ބޭނުންވާ މާއްދާތަށް

 

19. ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޢަމަލުކުރުން

މިގައިވާއިދުގެ ދަށުން ކުއްޔަށް ހިފާ ބިން ކުއްޔަށް ހިފާފަރާތުން ބޭނުން ކުރަންވާނީ ދިވެހިރާއްޖޭގައި ހަދާފައިވާ އެންމެހާ ޤާނޫންތަކާއި ޤަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

 

20. ޤަވާޢިދާއި ޚިލާފު ޢަމަލެއްކުރުން

(ހ) އެއްވެސް ފަރާތަކުން މި އުޞޫލާއި ޚިލާފުވެއްޖެނަމަ -/2000 ( ދެހާސް) ރުފިޔާއިން އެފަރާތް ޖޫރިމާނާކޮށް ، 10 ( ދިހައެއް) ދުވަހުގެ ތެރޭގައި އެކަމެއް ރަނގަޅުކުރުމަށް ކެލާ ކައުންސިލުން އެފަރާތަތާށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކަމެއް ރަނގަޅުކުކުރުމަށް ދެވޭ މުއްދަތުގައި އެފަރާތުން އެކަމެއް ރަނގަޅު ނުކޮށްފިނަމަ އެއްބަސްވުން އުވާލައި ކުއްޔަށް ދޫކޮށްފައިވާ ބިން އަތުލުމުގެ އިޚްތިޔާރު ކެލާ ކައުންސިލަށް ލިބިގެންވެއެވެ.

 

21. ދައުލަތުގެ ބޭނުމަށް ބިން އަތުލުން

މި އުޞޫލުގެ ދަށުން ކުއްޔަށް ކުއްޔަށް ދޫކޮށްފައވާ ބިމެއް ކުއްޔަށް ދޫކުރުމަށް އެއްބަސްވެފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދައުލަތުގެ ބޭނުމަކަށް ބިންއަތުލާނަމަ އަންނަނިވި އުޞޫލުގެ މަތިން ޢަމަލުކުރަންވާނެއެވެ.

(ހ) ބިމުގައި ހުރި ކުއްޔަށް ހިފާފައިވާ ފަރާތުގެ މުދާ ހުސްކުރުމަށް މަދުވެގެން 1(އެކެއް) މަސްދުވަހުގެ ނޯޓިސް ކުއްޔަށް ހިފާފައިވާ ފަރާތަށް ކެލާ ކައުންސިލުން ދޭންވާނެއެވެ.

(ށ) ބިމުގައި ކުއްޔަށް ހިފިފަރާތުން ކޮށްފައިވާ އިންވެސްޓްމަންޓަށް ދަޢުލަތުން ބަދަލު ދޭންޖެހޭނެއެވެ.

(ނ) ބިން ހުސްކުރަން ކުއްޔަށް ހިފާފަރާތަށްދޭ މުއްދަތުގައި އެބިން ހުސްނުކޮށްފިނަމަ -/2000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކޮށް ކައުންސިލުގެ ފަރާތުން އެބިން ހުސްކުރަންވާނެއެވެ.

(ރ) މި މާއްދާގެ( ނ) ގައިވާ ގޮތުގެ މަތިން ބިން ހުސްކުރާއިރު އެބިމުގައި ހުންނަ މުދާ ނީލަމުގައި ވިއްކާލުމުގެ ބާރު ކެލާ ކައުންސިލަށް ލިބިގެންވެއެވެ.

 

22. މި އުޞޫލަށް ޢަމަލުކުރަން ފެށުން

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މިގަވާއިދު ، ދިވެހި ސަރުކާރުގެ ގެޒެޓް ގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

23. މާނަ 

މިއުޞޫލުގައިވާ އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެންމާނައެއް ދޭހަނުވާހިނދެއްގައި އަންނަނިވި އިބާރާތްތަކާއި ލަފްޒުކަތަށް ދީފައި އެވަނީ، އެ އިބާރާތަކާއި ލަފްޒުތަކަށް ދީފައިވާ، ތިރީގައިވާ މާނަތަކެވެ.

(ހ) ކައުންސިލު އިދާރާކަމަށް ބުނެފައި އެވަނީ ، ހއ.ކެލާ ކައުންސިލް އިދާރާއެވެ.

( ށ) ހއ. ކެލާގައި ހުރި ކުއްޔަށް ދޫކުރާ ބިންތަށް ކަމަށް ބުނެފައި އެވަނީ މިކައުންސިލުގެ ފަރާތުން ހއ.ކެލާގެ އެކި ސަރަހައްދުގައި ކުއްޔަށް ދޫކުރުމަށް ޚާއްޞަ ކުރެވިފައިވާ ބިންތަކެވެ.

 

13 ޖަނަވަރީ 2021