މަސައްކަތް
ނަންބަރު: (IUL)MHCL/1/2021/1
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 26 ޖަނަވަރީ 2021 12:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޤްފް ޕްރޮޕަޓީ ފަންޑެއް ތައްޔާރު ކުރުމުގައި އެހީތެރިވެދޭނެ ޕްރޮފެޝަނަލް ކޮންސަލްޓެންޓެއް ހޯދުމާއި ބެހޭ

އިޢުލާން

 ވަޤްފް ޕްރޮޕަޓީ ފަންޑެއް ތައްޔާރު ކުރުމުގައި އެހީތެރިވެދޭނެ ޕްރޮފެޝަނަލް ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއްޖެ:

މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ވަޤްފް ޕްރޮޕަޓީ ފަންޑެއް ތައްޔާރު ކުރުމުގައި އެހީތެރިވެދޭނެ ޕްރޮފެޝަނަލް ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީ ވުން:

ބީލަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް 12 ޖަނަވަރީ 2021 ން 26 ޖަނަވަރީ 2021 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް  'ބީލަން ރަޖިސްޓްރީ ފޯމް' ޑައުންލޯޑް ކުރައްވައި ފުރިހަމަ ކުރުމަށްފަހު މި ކޯޕަރޭޝަންގެ އީމެއިލް ([email protected]) އަށް ނުވަތަ  ރިސެޕްޝަނަށް ފޯމު ހުށަހަޅައި ރަޖިސްޓްރީ ކޮށް ދެއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ވެވޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ލިންކު:

 http://mhcl.mv/wp-content/uploads/2020/10/REGISTRATION-FORM-FOR-BIDS.pdf

ބީލަމާބެހޭ މަޢުލޫމާތު ދިނުން

ބީލަމާއި ބެހޭ މަޢުލޫމާތު ދިނުން އޮންނާނީ 27 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ ބާރަ ގަޑި ސުންމިނެޓް (12:00) ގައި، ޙައްޖު ކޯޕަރޭޝަންގެ އޮފީހުގައެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަން ކަރުދާސް ހުޅުވުން

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 03 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ ބާރަ ގަޑި ސުންމިނެޓު (12:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

 

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

 

އެޑްރެސް:

މ. ފުރަންކަރަ، 3 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:

3011000 960+

މުޢާމަލާތު ކުރަންޖެހޭ ފަރާތް:

އައިޝަތު ޤާހިރު

އީ-މެއިލް:

[email protected]

 

12 ޖަނަވަރީ 2021