ނޫސްބަޔާން
ނަންބަރު: (PR)203-WST/PRV/2021/1
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 19 ޖަނަވަރީ 2021 00:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނޫސް ބަޔާން

ނަންބަރު:PR)203-WST/PRIV/2021/1)                 

 

ނޫސް ބަޔާން

ކުނި މެނޭޖްކުރުމާއި ބެހޭ ގަވާއިދާ ހިލާފުވުމާއި ގުޅިގެން ވެމްކޯ ޖޫރިމަނާ ކުރުމާއިބެހޭ

              ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ އުޅަނދަކުން ތިލަފުށީ ފަޅުތެރެއަށް ކުނި އެޅުމާއި ގުޅިގެން މައްސަލަ ބެލުމަށްފަހު ވެމްކޯގެ ކުނި އުފުލާ އުޅަނދުފަހަރުން މޫދަށާއި ފަޅުތެރެއަށް ކުނި އަޅާފައިވާތީއާއި އަދި ކުނި އުފުލުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މޫދަށް ކުނި އެޅުމަށް މަގުފަހިވާގޮތަށް  އަމަލުކުރަމުންދިޔުމާއި ގުޅިގެން، އެކަންކަން އިސްލާހުކުރުމަށް ތަކުރާރުކޮށް އަންގައިފައިވަނިކޮށް އިސްލާހުކޮށްފައިނުވާތީވެ،  ކުންފުންޏަށް އަޅާ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ޖޫރިމަނާގެ ގޮތުގައި ތިމާވެއްޓާއި ބެހޭ ގަނޫނު 4/93 ގެ ދަށުން ހަދާފައިވާ ކުނި މެނޭޖުކުރުމާއި ބެހޭ ގަވާއިދު 2013/R-58  ގެ 4 ވަނަ އިސްލާހުގެ ޖަދުވަލު (ލ) ގެ ދަށުން  އަދި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރުމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ  ގަވާއިދު 2011/R-9ގެ ދަށުން 1,128,750/-(އެއްމިލިއަން އެއްސަތޭކަ އަށާވީސްހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާއިން 11 ޖެނުއަރީ 2021 ގައި ޖޫރިމަނާ ކޮށްފީމެވެ. އަދި މި ޖޫރިމަނާ ފައިސާ މި އޭޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެފަރާތަށްވާނީ އެންގިފައެވެ.  

 

             

..........................................................

                                     28 ޖުމާދުލް އައްވަލް 1442            

                                          12 ޖެނުއަރީ 2021    

12 ޖަނަވަރީ 2021