ދިވެހިރާއްޖެ
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ އަދަދު: |
1 |
މަޤާމުގެ ގިންތި |
ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން |
މަޤާމުގެ ރޭންކް |
ޖީ.އެސް 3 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ކޮނޑޭ ސުކޫލް، ގއ.ކޮނޑޭ |
މުސާރަ: |
5965.00 ( ވަޒީފާގައި ހޭދަކުރާ ވަގުތަށް ބަލައިގެން ) |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ދަރިވަރުންގެ މަޢުލޫމާތުތަކާއި އެހެނިހެން ލިޔުންތައް ފަރުވާތެރިކަމާއި އެކު ބެލެހެއްޓުން.
- ސްކޫލަށް އަންނަ ލިޔެކިޔުންތައް ބަލައިގަނެ، އެތަކެތި ހުޅުވައި، އެންޓްރީ ސިސްޓަމްގައި ރަޖިސްޓްރީ ކުރުމާއި، އޮފީހުން ބޭރަށް ފޮނުވަންޖެހޭ ލިޔެކިޔުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ސްކޫލަށް އަންނަ ލިޔެކިޔުންތައް ފައިލްކުރުމާއި، ސްކޫލުން ފޮނުވާ ލިޔެކިޔުންތައް ފައިލްކޮށް ފައިލިންގ ސިސްޓަމް ޤަވާޢިދުން ބެލެހެއްޓުމާއި، ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔުންތައް ބޭނުންވެއްޖެ ޙާލަތެއްގައި ބޭނުންވާ ފަރާތްތަކަށް ވެރިއެއްގެ ހުއްދައާއިއެކު، ފޮޓޯކޮޕީނަގައި ޙަވާލުކުރުން.
- އޮފީހަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދިނުމާއި، ރަގަޅު މަޢުލޫމާތު ދެވޭނެ ފަރާތްތަކަށް ފޯނުކޯލުތައް ޕާސްކުރުން އަދި ރަނގަޅު މަޢުލޫމާތު ދިނުން.
- ސިޓީ، މެސެޖު، އިޢުލާން ، އެންގުން ފަދަ ތަކެތި ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
- ޖަލްސާތަކަށާއި، އެކިއެކި މުނާސަބަތުތަކަށް ދަޢުވަތު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
- ޖަލްސާތަކަށާއި މުނާސަބާތުތަކުގައި ބައިވެރިވެ އެހީތެރިވުން.
- ދަރިވަރުންނާއި ގުޅުންހުރި މަޢުލޫމާތުތައް ލިޔެ ( ފުރަންޖެހޭ ފޯމްތައް:- މީމިސް، އެޕިޕް، ދަސްވާރު / ބީޓެކް ) ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- އެކި ފަރާތްތަކައި ގުޅޭ ލިޔެކިޔުންތަކާއި މެއިލްތަކަށް ޖަވާބު ދިނުމަށްފަހު އެކަން އެކަމަކާއި ގުޅޭ ފަރާތަކާއި ހިއްސާކުރުން.
- ދަރިވަރުންގެ ކިޔެވުމާއި، އެހެނިހެން ހަރަކާތްތަކުގެ ތެރެއިންވިއަސް ސްކޫލްގެ އެއްވެސް ސިއްރެއް ހާމަނުކުރުމާއި، ސްކޫލްގެ ކަރާމާތް ރައްކާތެރިކުރުމަށް މަސައްކަތްކުރުން.
- ސްކޫލުގައި އިތުރު ޙަރަކާތްތައް ހިންގާ އިރުގައްޔާއި، ކުއްލިއަކަށް ދިމާވާ ކަންކަމުގައި އެހީތެރިވުމަށް އެދިއްޖެ ނަމަ އެކަންކަމުގައި ފުރިހަމައަށް އެހީތެރިވުން.
- ސްކޫލްގެ ހިންގުން ރަނގަޅުކޮށް ހަލުއިކުރުމަށް އެމުވައްޒަފެއްގެ ހައިޘިއްޔަތުން ކުރެވެންއޮތް ހުރިހާ ކަމެއްކޮށް ސްކޫލްގެ ވެރިންނާއި އެކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒިފުންނާއި، ގުޅިގެން އެކުވެރިކަމާއެކު މަސައްކަތްކުރުން.
- ސްކޫލަށް އަންނަ މެޙްމާނުން ބަލައިގަނެ ބައްދަލުކުރަން އަންނަ ފަރާތްތަކާއި ބައްދަލުވާނޭ އިންތިޒާމް ހަމަޖެއްސުން.
- އިމްތިޙާނުތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރިޔަށް ގެންދިއުން
- ދަރިވަރުން ސުކޫލަށް ވެއްދުމާއި ވަކިކުރުމުގެ އެންމެހާ މަސައްކަތްތައް ކުރަމުން ގެންދިއުން، އަދި ދަރިވަރުންނާއި ގުޅޭމަޢުލޫމާތުތަކުގެ ރިޕޯޓްތައް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން
- ތިޖޫރީ ބެލެހެއްޓުމާއި މަހަކު އެއްފަހަރު ތިޖޫރި ރިޕޯރޓް ހެދުން
- ސްކޫލް ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން.
މަޤާމުގެ ޝަރުތުތައް:
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެއިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/download/2249) އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
މަޤާމަށް އެދެންވީ ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ކޮނޑޭ ސުކޫލުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
އިންޓަވިއު، އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު:
މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު/އިމްތިހާން އޮންނާނީ، 21 ޖަނަވަރީ 2021 އާއި 31 ޖަނަވަރީ 2021 އާ ދެމެދު، ގއ.ކޮނޑޭ ސުކޫލު ގައެވެ.
ޝޯޓްލިސްޓް ކުރުން
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ
.ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން އަދި އިމްތިޙާނެއް ނުވަތަ ޕްރެޒެންޓޭޝަނެއް.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820097 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |