ވަޒީފާގެ ފުރުޞަތު
ނަންބަރު: KFC/HR/2021/03
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 17 ޖަނަވަރީ 2021 14:30
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ ސްކިޕަރ

ނަމްބަރ : 003/KFC/HR/2021

ވަޒީފާގެ ފުރުޞަތު

ނަންބަރު KFC/HR/2021/001 ގެ އިޢުލާނު ބާތިލުކޮށް ޖުނިއަރ ސްކިޕަރގެ މަޤާމަށް އިޢުލާން ކުރަމެވެ.

 

މަޤާމު:

ޖޫނިއަރ ސްކީޕަރ

ބޭނުންވާ ޢަދަދު

 3

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް ( 1 އަހަރު )

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މަސްކިރާ ބޯޓްފަހަރުގައި / ކޫއްޑޫ ފިޝަރީޒް ކޮމްޕުލެކްސް-މިފްކޯ

އުޖޫރަޔާ އިނާޔަތްތައް:

 ބޭސިކް މުސާރަ: 3900.00 ރުފިޔާ

 ސާވިސް އެލަވަންސް: ބޭސިކް މުސާރައިގެ %75

 ހާރޑްޝިޕް އެލަވަންސް: ބޭސިކް މުސާރައިގެ %50

ޝަރުޠު:

  • ކަނޑު މަތީގައި ދުއްވާ އުޅަދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީ އޭ.ބީ.ސީ.ޑީ ލިބިފައިވުން،
  • ނިޔަމިކަމުގެ ސެޓްފިކެޓް 1 އެއްގެ ސެޓްފިކެޓް ލިބިފައިވުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.
  • ކޮމްޕިއުޓަރ މަސައްކަތްކުރަން އެނގޭ، ޞިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު މުވައްޒަފުން ގޮވައިގެން މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • ޖީ.ސީ.އީ އޯ-ލެވެލް އިމްތިހާނުން އިނގިރޭސި، ހިސާބް މާއްދާއިން ދަށްވެގެން " ސީ " ފާސް ލިބިފައިވުމުގެ އިތުރުން ސެކަންޑަރީ ސެޓްފިކެޓް އިމްތިހާނުގައި  " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ފާސް ލިބިފައި ވުން.
  • ޢުމުރުން 25 އަހަރާއި 45 އަހަރާ ދެމެދުގެ މީހެއް ކަމުގައި ވުން

މަޤާމުގެ މަސްޢޫލިއްޔަތު:

މަސްގަތުމުގައި ހަރަކާތްތެރިވާ ބޯޓުފަހަރުގެ ނިޔަމިކަމުގެ އެންމެހައި މަސައްކަތްތަކާއި ޒިއްމާއާއި މަސްޢޫލިއްޔަތު އަދާކުރުން.

ނޯޓް: - މަތީގައިވާ މަޤާމުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތުހަމަވާ ފަރާތްތަކަށެވެ.    

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އަދި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު)  ވަޒީފާއަށް އެދި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ރިސެޕްޝަންސްއަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް  7943030 /7787186 އަށް ގުޅުއްވުން އެދެމެވެ.

11 ޖަނަވަރީ 2021