ދިވެހިރާއްޖެ
ނަންބަރު IUL)321/321/2021/5)
އިޢުލާން
ތުޅާދޫ ކައުންސިލުގެ ކުނިމެނޭޖްކުރުމުގެ ފްރޮގްރާމްގައި ރަޖިސްޓްރީކޮށްފައިވާ ގޭގޭގައި އުފެދޭ ފަނާވާ އަދި ފަނާނުވާޒާތުގެ ކުނިބުނި ގޭގެއިން ނަގައިގެން ރަށުގެ ކުނިކޮށްޓަށް ގެންދިއުމަށްޓަކައި 0.850 ޓަނާއި 1.50 ޓަނާއި ދެމެދުގެ ޕިކަޕެއް 02 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގޮތުގެމަތީން، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
# |
ތަފްޞީލް |
ތާރީޚް |
ގަޑި |
ތަން |
1 |
އަންދާސީ ހިސާބު ހުށަހެޅުން |
20 ޖަނަވަރީ 2021 (ބުދަ) |
10:00 |
ކައުންސިލްއިދާރާ ޖަލްސާކުރާ މާލަން |
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރަ ބޭރުގައި "ކުނިއުފުލައި ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އެނގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައިގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީހިސާބުތައް ބާތިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް ދެންނެވީމެވެ. މި މަސައްކަތާއި ބެހޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ޝާޢިއު ކުރީމެވެ.
27 ޖުމާދުއްއޫލާ 1442