ދިވެހިރާއްޖެ
ބ. ދަރަވަންދޫ ބަނދަރުގެ އިރުމަތީކޮޅު ޕާކު ސަރަޙައްދުގައި ހަދާފައިވާ ކެފޭ ހިންގުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް، އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ ރަސްގެ އޮޑި މާލަމުގައެވެ.
މަޢުލޫމާތު ދިނުން |
2021 ޖަނަވަރީ 14 ވާ ބުރާސް ދުވަހުގެ 11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
2021 ޖަނަވަރީ 21 ވާ ބުރާސް ދުވަހުގެ 13:00 |
އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ކައުންސިލް އިދާރާގެ ނަންބަރު: 6600002 ފޯނަށް ގުޅުއްވާ ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.