މަސައްކަތް
ނަންބަރު: (IUL)399-CA/399/2021/5
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 20 ޖަނަވަރީ 2021 14:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮންލައިންކޮށް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

  

މި އިދަރާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ބޭނުންވާ އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

           ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 20 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާގެ   [email protected] އީމެއިލަށް އީމެއިލް ކުރައްވާ ނުވަތަ 6800766 ނަމްބަރު ފޯނާ ގުޅުއްވާ ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓް ކުރާ ފަރާތްތައް ނަންނޯޓް ކުރަމުންގެންދާ ވަރަކަށް މައުލޫމާތު ކަރުދާސް ހިއްސާ ކުރަމުން ގެންދެވޭނެއެވެ.

           މައުލޫމާތު ކަރުދާހާއި ގުޅިގެން އިތުރަށް ސާފުކުރުމަށް ބޭނުންވާ ކަމެއްވާނަމަ، އެ ކަމެއް ސާފުކުރުމަށް ބާއްވާ ޕްރީބިޑް މީޓިން އޮންނާނީ 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ގޫގުލްމީޓް މެދުވެރިކޮށެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 25 ޖަނަވަރީ 2021 ވާ ހޯމަދުވަހު 13:00 ގައި މިއިދާރާގައެވެ.

           ގަޑިޖެހިގެން ނަންނޯޓް ކުރުމަށް ހުށައަޅާ ހުށަހެޅުމާއި، ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެއެވެ.

        27  ޖުމާދަލްއޫލާ  1442  

            11  ޖެނުއަރީ   2021   

11 ޖަނަވަރީ 2021