މަސައްކަތް
ނަންބަރު: (IUL)88-PS/88/2014/30
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2014
ޕަބްލިޝްކުރި ގަޑި: 15:33
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ސ. އިސްމަހެލާހެރާ އަދި ކެޑެވާހެރަގައި ރިސޯޓު/ހޮޓާ ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ބާޠިލުކުރުން

ސ. އިސްމަހެލާހެރަ އަދި ކެޑެވާހެރާގައި ރިސޯޓު/ހޮޓާ ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ބާޠިލުކުރުން

އައްޑު އަތޮޅު އިސްމަހެލާހެރަ އަދި އެރަށާ ޖެހިގެން އޮންނަ ސ. ކެޑަވާހެރަ ޓޫރިސްޓް ރިޒޯޓެއް/ހޮޓަލެއް ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތައް ހުށަހެޅުމަށް 18 ޑިސެންބަރު 2013 ގައި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކުރެވުނު އިޢުލާނާ ގުޅިގެން އެ ރަށް ކުއްޔަށް ހިފުމަށް އެދި 2 ފަރާތަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް، ހުށަހެޅުންތައް ހުށަހަޅުއްވާފައިވަނީ 2 ފަރާތުން ކަމަށް ވެފައި ގިނަ ފަރާތްތަކަށް ފުރުޞަތު އެރުވުމުގެ ގޮތުން މި ފަރާތްތަކުގެ ހުށަހެޅުންތައް ބާޠިލުކުރިކަން އަންގަމެވެ.

07 މޭ 2014