ދިވެހިރާއްޖެ
ނ.ކެނދިކުޅުދޫ ސިއްޙީ މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ. |
|
މަގާމު |
ރެޖިސްޓާރޑް ނާރސް |
މަޤާމްގެ ނަންބަރު: |
J-250582 |
ބޭނުންވާ ޢަދަދު |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
ސީ.އެސް8-1 އިން ސީ.އެސް12-3 |
މަޤާމުގެ ކްލެސިފިކޭޝަން: |
ނަރސިންގ ޕްރޮފެޝަނަލްސް |
މަގާމު އޮތް އޮފީސް |
ނ.ކެނދިކުޅުދޫ ސިއްޙީ މަރުކަޒު |
މަޤާމު |
ސިވިލްސަރވިސްގެ ރޭންކް |
އަސާސީ ޝަރުތު |
މަޤާމުގެ އަސާސީ މުސާރަ މަހަކު ( ރުފިޔާ) |
ރެޖިސްޓަރޑް ނާރސް |
CS8-1 |
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން |
-/9060 |
CS8-2 |
ރެޖިސްޓަރޑް ނަރސް ، ސީއެސް 8-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިންސައްތައިން މާކްސް ހޯދާފައިވުން |
-/9210 |
|
CS8-3 |
މޯލްޑިވްސް ނަރސިންގ މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށް ފައިވުން |
-/9360 |
|
ސީނިއަރ ރެޖިސްޓަރޑް ނާރސް |
CS10-1 |
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު ، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
-/9670 |
CS10-2 |
ރެޖިސްޓަރޑް ނަރސް ، ސީއެސް 1-10 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން . |
-/9920 |
|
CS10-3 |
ސީނިއަރ ރެޖިސްޓަރޑް ނަރސް ސީއެސް 2-10 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން . |
-/10160 |
|
ކްލިނިކަލް ނާރސް |
CS12-1 |
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން . |
-10410 |
|
CS12-2 |
ކްލިނިކަލް ނަރސް ސީއެސް 1-12 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދގެން %85 އިން މަތިން މާރކްސް ހޯދާފައިވުން. |
-/10660 |
|
CS12-3 |
ކްލިނިކަލް ނަރސް ، ސީއެސް 2-12 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާރކްސް ހޯދާފައިވުން. |
-/10940 |
ސާރވިސް އެލަވަންސް |
ހަމަޖެހިފައިވާ އުޞޫލުން ދުވާލަކަށް -/188 ރުފިޔާ |
އެހެނިހެން އެލަވަންސް |
1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން 2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް 3. ސިވިލް ސާރވިސް މުވައްޒަފުންނައް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޙިދުމަތް 4. މީގެ އިތުރުން މަގާމަށް ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް |
1. ބަލިމީހުންނަށް ނަރސިންގ ކެއަރދިނުމާއި އަދި މިކަމުގައި އިޙްސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ ، ނަފްސާނީ އަދި އިޖްތިމާއީ ބޭނުންތަކަށް ރައްކާތެރިވުން . 2. ބަލިމީހުންނަށް ދިމާވާ އާދަޔާޚިލާފު ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯރޓްކުރުމާއި އަދި ރިފަރކޮށްފައިތިބޭ މީހުން އެ ޑޮކްޓަރަކަށް އެންގުން. 3. ޑޮކްޓަރުންގެ ލަފާގެމަތިން ބަލިމީހުންނަށްދެވޭ ފަރުވާގެ ރިހެބިލިޓޭޝަނާބެހޭގޮތުން އެމީހުންނަށް މަޢުލޫމާތުދިނުން. 4. ކުޑަވަގުތުކޮޅަކަށް ބާއްވައިގެން ފަރުވާދޭންޖެހޭ ފަރާތްތަކަށް އޮބްޒަވޭޝަން ޚިދުމަތްދިނުމުގެ ކަންތައްތައް ބެލެހެއްޓުން. 5. ދިމާވާ އިމަރޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި ، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަރޖެންސީތައް މެނޭޖުކުރުން . 6. ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރާމީހުންނަށް ހެލްތު އެޑިޔުކޭޝަން ދިނުމާއި ޚާއްޞަގޮތެއްގައި މާބަނޑު މީހުންނާއި ވިހެއުމަށްފަހު ދޫކޮށްލާ ބަލީމީހާގެ އާއިލާއަށް (މަންމަ އަދި ބައްޕަ ) އަށް ގާތުން ކިރުދިނުމާއިބެހޭ ގޮތުންނާއި ދޭތެރެ ދުރުކުރުމާއި ބެހޭގޮތުން މައުލޫމާތުދިނުން . 7. ޞިއްޙީގޮތުން މީހުންހޭލުންތެރިކުރުމަށާއި ހެލްތު ޕްރޮމޯޝަން ސެކްޝަނުން ހިންގޭތަފާތު ޕްރޮގްރާމުތަކުގައި ޢަމަލީގޮތުން ބައިވެރިވުން. 8. ޑިއުޓީއާއި ޙަވާލުވުމުގެކުރިން އިންވެންޓްރީ ޗެކްކޮށް މަދުވާތަކެތި ރިޕްލޭސްކުރުން . 9. ޞިއްޙީމަރުކަޒުން ބަލިމީހަކު މާލެ ނުވަތަ އެހެންވެސް ތަނަކަށް ރިފަރކުރަންޖެހިއްޖެ ހާލަތެއްގައި އެމީހަކާއެކު އެތަނަކަށް ދިއުން. 10. ޞިއްޙީމަރުކަޒުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ޔުނިވަރސަލް އިންފެކްޝަން ޕްރޮޓޮކޯލްއާއި އެއްގޮތަށް ޢަމަލުކުރުން . 11. ސެކްޝަނުން ފޯރުކޮށްދޭ ޚިދުމަތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯރޓްތަކާއި ތަފާސް ހިސާބުތަކާއި ލިޔުންތައް ތައްޔާރުކުރުން . 12. ނަރުހުންގެ އިންޗާރޖުގެ ހައިސިއްޔަތުން މަސައްކަތްކުރަންޖެހިއްޖެނަމަ ، ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް ކޮންމެ ހަފްތާއެއް ފެށުމުގެ ކުރިން މުވައްޒަފުންނަށް ފެންނާނެހެން ބެހެއްޓުމާއި އެ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒުކޮށް އެކަށޭނަ ފީޑުބެކްދިނުން. 13. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން. މަޤާމުގެ މަސައްކަތުގައިވާ އާދަޔާ ޚިލާފު ކަންތައްތައް - ގައިންގަޔަށް އަރާބަލިތަކަށް އެކްސްޕޯޒުވުން - ބަލިމީހުންނަށް ބޭނުންކުރާ (ކަށި، ތިލަ އަދި މިނޫނަސް ތޫނުތަކެތިން ) ލިބިދާނެ ގެއްލުމެއް - ކެމިކަލްސް، ޑްރަގްސް ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން - ބަލިމީހުންގެ ހަށިގަނޑުން ބޭރުވާދިޔަ ( ލޭ، ދޮސް، ހޮޑު، ކުޑަކަމުދާއެއްޗެތި، ބޮޑުކަމުދާ އެއްޗެތި) ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން - ރޭޑިއޭޝަން ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން - އާމުންގެ ފަރާތުން ދިމާވާ ޖިސްމާނީ އަދި ނަފުސާނީ ގެއްލުންތައް |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
1. ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމުރީނަށް ބަލައިގެން 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން 3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން |
ހުށައަޅަންޖެހޭ ލިޔުންތައް |
1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. ( މި ފޯމް ސިވިލްސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުންނާއި ނ.ކެނދިކުޅުދޫ ސިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް. 4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ހ) މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ރާއްޖެއިން ބޭރުގެމަތީ ތަޢުލީމުދޭ ކަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް، ނުވަތަ ސެޓުފިކެޓު ނެތް ޙާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްގެ ކޮޕީ 6. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ . (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާ ވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާ ގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަ ދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން )މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.( (ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުން ޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. 7. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ 8. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ ، އެ ސެޓުފިކެޓުގެ ކޮޕީ. 9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ
|
މަޤާމަށް އެދެންވީގޮތާއި،ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމް ނ.ވެލިދޫ ސިއްޙީ މަރުކަޒުން ލިބެންހުންނާނެއެވެ. އަދި ސިވިލްސާރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށްއެދި ހުށަހަޅުއްވާތަކެތި ހުށަހަޅުއްވާނީ 14 ޖަނަވަރީ 2021 ވަނަ ދުވަހުގެ 14:00 ގެކުރިން ނ.ކެނދިކުޅުދޫ ސިއްޙީ މަރުކަޒަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.
ނޯޓް: އީ-މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާނަމަ، އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޯކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީއެފް ކުރުމަށް ފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ.
|
ޝޯޓްލިސްޓްކުރުން |
މިވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓްލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ. |
އިންޓަރވިއު އޮންނާނެތަނާއި މުއްދަތު: |
މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 15 ޖަނަވަރީ އާއި 19 ޖަނަވަރީ 2021 އާއި ދެމެދު ނ.ކެނިދިކުޅުދޫ ސިއްޙީ މަރުކަޒުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން އެމުއްދަތުގެ ތެރޭގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް(A2 ފޯމް) އާއްމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން ނ.ކެނދިކުޅުދޫ ސިއްޙީ މަރުކަޒުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް ނ.ކެނދިކުޅުދޫ ސިއްޙީ މަރުކަޒަށް ހުށައަޅަންވާނެއެވެ. |
އިތުރުމަޢުލޫމާތު |
މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަންބަރު 6560092 ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އިޞޫލުތަކާއި ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރމުގެ ޢުޞޫލާއިގުޅޭ" (http://www.csc.gov.mv/dc/recruitment-usoolu) (އިން ލިބެން ހުންނާނެއެވެ. |