ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)179-4.2/1/2014/28
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2014
ޕަބްލިޝްކުރި ގަޑި: 15:28
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންވެސްޓަރުންގެ ސަމާލުކަމަށް

އެމް.ޓީ.ޑީ.ސީ.ގެ 2013 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އަދި 2014 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގެ ރިޕޯޓާގުޅޭ:

ސެކިއުރިޓީޒް ދޫކުރާ ކުންފުނިތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ލިސްޓުކޮށްފައިވާ ކުންފުނިތަކުން މާލީ އަހަރު ނިމޭތާ 4 މަސް ދުވަހުގެ ތެރޭގައި ކުންފުނީގެ ނިމިދިޔަ އަހަރުގެ މާލީ ބަޔާންތަކާއި ރިޕޯޓުތައް ޝާއިޢުކުރަންޖެހެއެވެ. އަދި މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ކޮންމެ ތިންމަހެއް ނިމިގެން 30 ދުވަހުގެ ތެރޭގައި ކުއަރޓާލީ ރިޕޯޓު ޝާއިޢުކުރަންޖެހެއެވެ.

މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ. އިން، 2013 ވަނަ އަހަރުގެ މާލީ ބަޔާންތަކާއި ރިޕޯޓުތައް އަދި 2014 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާގެ ރިޕޯޓު ޝާއިޢުކުރަންޖެހޭ މުއްދަތުގައި ޝާއިޢުކޮށްފައި ނުވާތީ އެކުންފުނި -/60,000 (ފަސްދޮޅަސްހާސް) ރުފިޔާއިން ޖޫރިމަނާކޮށް، 19 މޭ 2014 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ރިޕޯޓުތައް ޝާއިޢުކުރުމަށް އަންގައިފައިވާކަން، އާންމުކޮށް އިޢުލާނުކުރަމެވެ.

             5 ރަޖަބު 1435

04 މޭ 2014