ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)38-AB/38/2021/15
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 14 ޖަނަވަރީ 2021 14:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު- އައި.ޓީ ސެކިއުރިޓީ ކޮންސަލްޓަންޓް - އީ.އެކްސް 1

 

 

ނަންބަރު:IUL)38-AB/38/2021/15) 

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

އައި.ޓީ ސެކިއުރިޓީ ކޮންސަލްޓަންޓް - އީ.އެކްސް 1

ބޭނުންވާ ޢަދަދު:

01 (އެކެއް)

އަސާސީ މުސާރަ:

މަހަކު   -/20,000(ވިހި ހާސް ރުފިޔާ)

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

މަސައްކަތުގެ ވަގުތު:

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން

ފެންވަރު ނުވަތަ ޝަރުޠު:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  3. އިޢުލާން ކުރެވިފައިވާ މަޤާމާއި އެއް ފެންވަރެއްގެ މަޤާމެއްގައި ދައުލަތުގެ މުޢައްސަސާއެއްގައި މަސައްކަތްކޮށް 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  4. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން) .މީގެ އިތުރުން މި މަޤާމަށް މީހުން ހޮވުމުގައި ސިސްކޯ ސަރޓިފައިޑް ނެޓްވަރކް އެސޯސިއޭޓް (ސީ.ސީ.އެން.އޭ) އާއި މައިކްރޮސޮފްޓް ސަރޓިފައިޑް ސޮލިއުޝަންސް އެކްސްޕަރޓް (އެމް.ސީ.އެސް.އީ) ހަދާފައިވާ ފަރާތްތަކަށާއި ވަރޗުއަލައިޒޭޝަން ޓެކްނޮލޮޖީސް އާއި ޖުނިޕަރ އަދި ސިސްކޯ ޑިވައިސަސް އަށް އަހުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.(
  5.  ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  6. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން ތަރައްޤީކުރުމަށް މަޝްވަރާއާއި އިރުޝާދުދީ އަމަލީގޮތުން އެކަމުގައި ބައިވެރިވުން.

ކޮމިޝަނުގެ ނެޓްވޯކް ސެކިއުރިޓީ ބެލެހެއްޓުން.

-  ކޮމިޝަނުގެ ނެޓްވޯކަށް ގެންނަންޖެހޭ ބަދަލުތައް ދެނަގަނެ އެ ބަދަލުތައް ގެނައުން.

ކޮމިޝަނުގެ އައިސީޓި އިންފްރާސްޓްރަކްޗަރއަށް ގެންނަންޖެހޭ ބަދަލުތައް ދެނަގަނެ އެ ބަދަލުތައް ގެނައުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

 

  - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

  - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

  3. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

  - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

  - މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިކޮމިޝަނުގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  - ފޯމު ބަލައިގަތުމަށްފަހު ސައްޚަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

  - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

  - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

  - ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން %50 އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

  - މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމާއި ތަމްރީނު

40

މަސައްކަތުގެ ތަޖުރިބާ (އާއްމު)

10

މަސައްކަތުގެ ތަޖުރިބާ (އިންތިޚާބު)

15

އިންޓަވިޔު

25

ޢަމަލީ ޓެސްޓު

10

ޖުމްލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް:

- ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކުސް އަށް ބެލުމަށްފަހު ލިބޭ މާކުސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ. ތަޢުލީމީ ސެޓުފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.

 

- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކުސް ދެވޭނީ ތަޢުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ،

 

26 ޖުމާދަލްއޫލާ 1442

 

10 ޖަނަވަރީ 2021