މަސައްކަތް
ނަންބަރު: (IUL)1-CSO(FM)/1/2021/2
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 14 ޖަނަވަރީ 2021 11:30
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް އެއަރކޮންޑިޝަން ސިސްޓަމެއްގެ 2 އައުޓްޑޯ ޔުނިޓް ހޯދަން ބޭނުންވެއްޖެ

އިޢުލާނު

މި އޮފީހަށް އެއަރކޮންޑިޝަން ސިސްޓަމެއްގެ 2 އައުޓްޑޯ ޔުނިޓް ހޯދަން ބޭނުންވެއްޖެ.

މި އޮފީހުގައި މިހާރު ބޭނުންކުރަމުންދާ ޑައިކިން އެއަރކޮންޑިޝަން ސިސްޓަމެއްގެ 2 އައުޓްޑޯ ޔުނިޓް ގަންނަން ބޭނުންވެއެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 2021 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ކުރިން މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީމެއިލް:

ފޯނު ނަންބަރު:

ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2021 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، 2021 ޖަނަވަރީ 20 ވާ ބުދަ ދުވަހުގެ 11:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

26 ޖުމާދަލްއޫލާ 1442

10 ޖަނަވަރީ 2021