ކުއްޔަށް ދިނުން
ނަންބަރު: (IUL)226-F/PRIV/2021/1
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 19 ޖަނަވަރީ 2021 11:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ރަށްވެހިގެ 3 ކޮޓަރި ކުއްޔަށް ދޫކުރުން

ހދ. އަތޮޅު ރަށްވެހިގެ 3 ކޮޓަރި ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

1- މިބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ 10 ޖަނަވަރީ 2021 ން ފެށިގެން 18 ޖަނަވަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އާއި ހަމަޔަށް ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

3- މި އިޢުލާނާއި ބެހޭގޮތުން  ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 14 ޖަނަވަރީ 2021 ވާ ބުރާސްފަތި  ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.

4- ބީލަމާ ބެހޭ އެންމެހާއި ލިޔެކިއުންތައް، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެއްވުމުން، ލިބިލައްވާނެއެވެ.

5- ބީލަންތައް ހުޅުވުން އޮންނާނީ 19 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

6- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސލް

އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

ފޯން: 6528801 ، 6521646 ، 6521644

އީމެއިލް: [email protected]

10 ޖަނަވަރީ 2021