ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-HDS3/471/2021/3
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:35
ސުންގަޑި: 31 ޖަނަވަރީ 2021 14:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 704 ފްލެޓް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާވެފައިވާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ލުއި ގޮތެއް ހަމަޖައްސައިދިނުމާ ގުޅޭ

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ 704 ފްލެޓް ދޫކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެއްކުމަށް ޢުޛުރުވެރިވެފައިވާ ފަރާތްތަކުން، ނުދެއްކިވާ ފައިސާ ދެއްކުމަށް ލުއި ގޮތެއް ހަމަޖައްސައިދެއްވުމަށް މިމިނިސްޓްރީގައި އެދެމުންދާތީ، މިފަދަ ފަރާތްތަކަށް، ނުދެއްކި ހުރި ފައިސާއާއި ޖޫރިމަނާ، ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން 06 (ހައެއް) މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމުގައި ދަންނަވަމެވެ.

       ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 2021 ޖަނަވަރީ 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އައިޑީ ކާޑު ކޮޕީއާއި ފްލެޓް ނަންބަރު އަދި ގުޅޭނެ ފޯން ނަންބަރު އެނގޭނެ ގޮތަށް މި މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މިހާތަނަށް ޤަވާއިދުން ފައިސާ ދައްކާފައިނުވާ ފަރާތްތަކުގެ ތެރެއިން، މިއިޢުލާނުގެ ދަށުން 6 މަސް ދުވަހުގެ ލުޔަށް އެދި ހުށަނާޅާ ފަރާތްތަކާއި، 6 މަސް ދުވަހުގެ ލުއި ދެއްވުމަށް އެދި ހުށަހެޅުމަށްފަހު ސެޓްލްމަންޓް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާމެދު، ފްލެޓް ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 4004981 ނުވަތަ 4004978 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

10 ޖަނަވަރީ 2021