ކުއްޔަށް ހިފުން
ނަންބަރު: (IUL)433-AFI/433/2021/1
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި: 19 ޖަނަވަރީ 2021 11:00
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
އިޢުލާން

މިމުއައްސަސާ ހިންގުމަށް 4000 (ހަތަރުހާސް) އަކަފޫޓަށްވުރެ ކުޑަނޫން އޮފީސް އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. މި އިމާރާތަކީ، ހަތަރުފުރޮޅުލީ ދުއްވާ އެއްޗެއްސަށް ފަސޭހައިން ވަދެވޭ މަގެއްގައި ހުރި ތަނަކަށްވުމާއި، ސެކިއުރިޓީއާއި އަލިފާން ނިއްވާ ނިޒާމް ގާއިމުކޮށްފައިވާ، ނުވަތަ އެފަދަ ނިޒާމެއް ފަސޭހައިން ގާއިމު ކުރެވޭ ގޮތަށް ހުރި އިމާރާތަކަށް ވާންޖެހޭނެއެވެ.

ވީމާ، މިފަދަ އިމާރާތެއް ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތަކުން 13 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 10:00 އަށް މިމުއައްސަސާއަށް (ޤައުމީ ދާރުސްލްއާސާރު ހުންނަ އިމާރާތަށް) ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު 19 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. މިކަމަށް ޚާއްސަ ކުރެވިފައިވާ މައުލޫމާތު ކަރުދާސް ދޫކުރާނީ މައުލޫމާތު ސާފުކޮށްދޭން ބާއްވާ ބައްދަލުވުމުގައެވެ.

26  ޖުމާދަލްއޫލާ  1442

 

 

10 ޖަނަވަރީ 2021