ދިވެހިރާއްޖެ
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާSecretariat of the Hadhdhumathi Kunahandhoo Council ކުނަހަންދޫKunahandhoo
ދިވެހިރާއްޖެ Republic of Maldives ނަންބަރު: (IUL)405-A/2020/62
ޢާންމު ރައްޔިތުންގެ ސަމާލުކަމަށް:
ލ.ފޮނަދޫ އިން 4 ފަރާތެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާތީ ،ތިރީގައިވާގޮތައް އަމަލުކޮއްދެއްވުން އެދެން:
* 4 ޖަނަވަރީ 2021 ވީ ދުވަހުން ފެށިގެން ލ.ފޮނަދޫ އަދި ގަން ސަރަޙައްދަށް ދަތުރުކޮއްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލަށް ހިއްސާކޮއްދިނުން.
* މިހާލަތުގައި އާންމު ރައްޔިޔުން ރަށުތެރޭގައި އުޅުމުގައި މާސްކު އަޅައި ގައިދުރުކޮށް އުޅުމަށް ސަމާލުކަން ދިނުން.
* މިހާލަތުގައި ގަން ،ފޮނަދޫ ސަރަޙައްދަށް ދަތުރުކޮއްފިނަމަ ކަރަންޓީން ވާންޖެހޭނެކަމުގައި ދަންނަވަން .
ވީމާ ގަން ، ފޮނަދޫ ސަރަޙައްދަށް ދަތުރުކޮއްފައިވާ ފަރާތްތަކުން ލަސްނުކުރަށްވާ ،ދަތުރުކުރެއްވި ފަރާތްތަކުގެ މަޢުލޫމާތު 9995970،9511616 މި ނަންބަރުތަކަށް ގުޅުއްވާގެން ނުވަތަ މެސެޖަކުން އަންގާދެއްވުން އެދެން ( ނަން،އެޑުރެސް ،ފޯނު ނަންބަރ ) އަދި ގަން ،ފޮނަދޫ ސަރަޙައްދަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ހެލްތު ޕްރޮޓެކުޝަން އެޖެންސީގެ އުޞޫލްތަކާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް ދަންނަވަމެވެ.
25 ޖުމާދުލްއައްވަލް 1442
09 ޖަނަވަރީ 2021