ވަޒީފާގެ ފުރުޞަތު
ނަންބަރު: GS35/2021/01
ޕަބްލިޝްކުރި ތާރީޚް: 09 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 22:20
ސުންގަޑި: 19 ޖަނަވަރީ 2021 22:15
ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ޕްރައިމަރީ ޓީޗަރ

 

ނ.އަތޮޅު މަދަރުސާ

ނ.މަނަދޫ ، ދިވެހިރާއްޖެ

                                               

 

 

                                        އިޢުލާނު

 

ވަޒީފާގެ ފުރުޞަތު

ނަބްބަރު 01/2021/GS35

މަޤާމް

ޓީޗަރ  ( ޕުރައިމަރީ )

މަޤާމް ނަމްބަރ

J-317179

ބޭނުންވާއަދަދު:

1 ( އެކެއް )

މަޤާމްގެ ގިންތި

ދާއިމީ

މަޤާމްގެ ރޭންކު

ސީއެސް 11 އިން ސީއެސް 15 އާއި ދެމެދު

މަޤާމްގެ ކުލެސިފިކޭޝަން

ސްކޫލް ޓީޗަރ

ވަޒީފާ އަދާކުރަންޖެހޭ ތަން

ނ.އަތޮޅު މަދަރުސާ/ ނ.މަނަދޫ

މުސާރަ

މަހަކު -/7070 ރުފިޔާ އާއި -/10640 ރުފިޔާ އާއި ދެމެދު

ސާރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

 

އިތުރު އިނާޔަތްތައް

 

 

1- ސިވިލްސރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

4- ހަމަޖެހިފައިވާ އުޞޫލުން އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް

     

 

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް

 

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީސަނަދެއް އޮތުން

25%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން

15%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން

 

 

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ލީޑިންގ ޓީޗަރުންގެ އިރުޝާދުގެ ދަށުން ދަރިވަރުންނަށް ކިޔަވައިދިނުމާއި އެކަމާގުޅޭ ކަންކަން ބެލެހެއްޓުން.
  • ދަރިވަރުންގެ ޢިލްމީ ޤާބިލުކަން އިތުރުކުރުމަށާއި ކިޔަވައިދެއްވާ ދަރިވަރުންގެ ފެންވަރުމަތިކުރުމުގެ ގޮތުން ޙަރަކާތްތައް  ރާވައި ހިންގުމާއި އެކަންކަމުގެ ރިކޯޑްސްތައް ބެލެހެއްޓުން.
  • ކޯޑިނޭޓްކޮށް ބެލެހެއްޓުމަށް ޙަވާލުކުރެވޭ ސްކޫލުގެ އެކިއެކި ކުލަބް ޖަމްޢިއްޔާތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން.
  • ދަރިވަރުން ސުލޫކީ މިންގަނޑުގައި ބޭތިއްބުމަށް ކަނޑައެޅިފައިވާ އުޞޫލުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމާއި އެކަންކަމުގައި ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި މުދައްރިސުންނަށް އެހީތެރިވުން.
  • މީގެ އިތުރުން ވަޒީފާބަޔާނުގައި ކަނޑައެޅިފައިވާ މަސައްކަތްތައް ޤަވާއިދާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކުރުން. 

 

 

ޝަރުތު:

 

             މިވަޒީފާގެ ހުނަރު/ ޤާބިލްކަން އިންޓަވިއުގައި ސާބިތު ކޮށްދިނުމާއެކު ސިވިލްސާވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން ތިރީގައިވާ ޝަރުތުތަކުން ޝަރުތެއް ފުރިހަމަވުން.

 

މަގާމް ނަން

ކްލެސިފިކޭޝަން

ސިވިލްސަރވިސް ރޭންކް

އަސާސީ ޝަރުތު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,640.00

2,500.00

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,320.00

2,500.00

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,100.00

2,500.00

CS15-2

  • ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެއޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިއޮތުމާއިއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށްހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެއޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަންއޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެންޓީޗަރުންގެ ޝަރުޠު ފުރިހަމަވުން،ނުވަތަ

9,910.00

2,500.00

  • ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތައެއަށްވުރެ މަތީ ސަނަދެއްޙާޞިލުކޮށްފައި އޮތުމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްހާޞިލުކޮށްފައިވުމާއިއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށްޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު ސަނަދުތައްމޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,850.00

2,500.00

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,360.00

2,500.00

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

8,890.00

2,500.00

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތ އެއްށްވުރެ މަތީ ސަނަދެއް  ޙާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން؛ ނުވަތަ

8,440.00

2,500.00

ޓީޗަރ

ސްކޫލް ޓީޗަރސް

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4CS11- ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

8,250.00

2,500.00

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,840.00

2,500.00

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ  GS112 -ރޭންކުގައި މަދުވެގެން 2 އަހަރު

މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,450.00

2,500.00

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް  ހާސިލްކޮށްފައިވުމާއިއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

7,070.00

2,500.00

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1.  ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައިޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާ، ތައްގަނޑު ޖަހާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް  ނެތް  ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ؛ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި،މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)    އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، (އަހަރާއި،މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛

(ނ)    ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި،(އަހަރާއި،މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މިލިއުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަ ދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިއުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވާލާފައިވާ ދައުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ  މުއްދަތާއި، (އަހަރާއި،މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ،  ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

  • ތަޢުލީމާއި، ތަމްރީނު ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު 
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

މިވަޒީފާއަށް ޝަރުތު ހަވާ  ފަރާތްތަކުން ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 19 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހުގެ  13.00 ގެކުރިން ނ.އަތޮޅު މަދަރުސާއަށް  ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭފޯރމް ރަސްމީގަޑީގައި ނ.އަތޮޅު މަދަރުސާގެ  އޮފީހުން ލިބެން ހުންނާނެއެވެ. އަދި  ސިވިލްސާރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

 

ވަޒީފާގެ އިންޓަވިއު އޮންނާނެ ތަން

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 20 ޖެނުއަރީ 2021 އިން 26 ޖެނުއަރީ 2021  އާދެމެދު ނ.އަތޮޅު މަދަރުސާގައި ބޭއްވޭނެއެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީހުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނ.އަތޮޅު މަދަރުސާގެ 6560003 ނަންބަރ އަދި މެއިލްކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަޑުތަކާއި އުސޫލްތައް އަދި އެ އުސޫލްތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ " އައްޔަނުކުރުމުގެ އުޞޫލާގުޅޭ http://www.csc.gov.mv/dv/recruitment-usoolu  އިން ލިބެން ހުންނާނެއެވެ.

 

 

 

 

25 ޖުމާދިލްއޫލާ  1442

 

 

09  ޖެނުއަރީ  2021

 

 

 

 

 

 

 

09 ޖަނަވަރީ 2021