ދިވެހިރާއްޖެ
އިޢުލާން
ޢިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ވިއްކުމަށް ހޯރަފުށިން ބިން ކުއްޔަށް ދޫކުރުމާ ބެހޭ.
ޢިމާރާތްކުރުމުގެ ތަކެތި ފަސޭހަކަމާއެކު ހެޔޮ އަގުގައި ހޯރަފުށިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ބޭނުމުގައި އެ ތަކެތީގެ ވިޔަފާރި ކުރުމަށް ހޯރަފުށިން 10،000 އަކަފޫޓުގެ ބިން ދޫކުރުމަށް ރަށުކައުންސިލުން ވަނީ ނިންމައިފައެވެ.
ވީމާ، ޢިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ވިއްކުމަށްޓަކައި ހޯރަފުށިން ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުމަށް އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސެޝަންގައި ރަޖިސްޓްރީވުން |
12 ޖަނަވަރީ 2021 |
އަންގާރަ |
10:00 |
ނޯޓް: މައުލޫމާތު ސެޝަންގައި ރަޖިސްޓްރީވުމަށް ތިރީގައިވާ މަޢުލޫމާތުތަކާއިއެކު12 ޖަނަވަރީ 2021 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އީމެއިލް: [email protected] ކުރައްވާށެވެ.
|
|||
މަޢުލޫމާތު ސާފުކުރުމާއި ޕްރޮޕޯސަލް ހުށަހަޅާ ފޯމު ދޫކުރުން (މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ޒޫމް މެދުވެރިކޮށްވެސް ބައިވެރި ވެވޭނެއެވެ.) |
14 ޖަނަވަރީ 2021 |
ބުރާސްފަތި |
11:00 |
ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި |
18 ޖަނަވަރީ 2021 |
ހޯމަ |
11:00 |
މަޢުލޫމާތު ސާފުކުރާ ސެޝަންގައި ބައިވެރިވެވޭނީ ހަމައެކަނި މައުލޫމާތު ސެޝަންގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން މަޢުލޫމާތު ސެޝަންގައި ބައިވެރިވި ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ޖުމާދަލްއޫލާ 1442
09 ޖެނުއަރީ 2021