މަސައްކަތް
ނަންބަރު: (IUL)GS08/2021/02
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 17:01
ސުންގަޑި: 24 ޖަނަވަރީ 2021 11:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 2 ގޭޓް މަރާމާތުކުރުން

ގޭޓް މަރާމާތު ކުރަން ބޭނުންވެއްޖެ

 1 މިމަރުކަޒުގެ ގޭޓް މަރާމާތު ކުރުމަށް ކުރެވުނު އިޢުލާން ނަންބަރު: (IUL)GS08/2020/47) އަށް އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައި ނުވާތީ އެއިޢުލާން ބާޠިލުކޮށް މިމަރުކަޒުގެ ގޭޓް މަރާމާތުކޮށްދިނުމުގެ މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖަނަވަރީ 10 ން 2021 ޖަނަވަރީ 17 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

 3 އީމެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުމަށް،(ޚިދުމަތްދޭ ފަރާތުގެ ނަން / މަޢުލޫމާތު ހޯދުމަށް ގުޅަންވީ ފަރާތުގެ ނަން / މޯބައިލް ފޯނު ނަންބަރު) ހިމަނުއްވާ ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

 4 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖަނަވަރީ 17 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 24 ވަނަ ދުވަހުގެ 11:00 ގައި މ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.

 6 މިމަސައްކަތަށް ހުށަހަޅާ އަގު -/250000 (ދެ ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ އަށް ވުރެ ބޮޑުނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށައަޅާ އަގުގެ %1 ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.

 7 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ

8 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ހއ. އަތޮޅު ތަޢުލީމީ މަރުކަޒު

  ޝާރިޢުލްއމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.

  ފޯން:  6500014, 7965894

  އީ-މެއިލް: [email protected],mv

07 ޖަނަވަރީ 2021