ދިވެހިރާއްޖެ
ނަންބަރު:R-2020/76B
އިޢުލާން
މި ކުންފުނީގެ ފަރާތުންދޭ މަޢުލޫމާތާއި ކަނޑައަޅާ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުޅުމާލެ އަދި މާލޭގައި ސްޓެލްކޯއިން އުފައްދާ ފެން މީޓާރޑް ކަނެކްޝަން މެދުވެރިކޮށް ގަންނަން ޝައުގުވެރިވެލައްވާ ފަރާތްތައް ހޯދުމަށް ކުރެވުނު ޢިއުލާން R-2020/76A ނަންބަރާ ގުޅިގެން، އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އެ ޢިއުލާން ބާތިލްކޮށް، އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ޖަނަވަރީ 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10.00 އަށް މިކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން ސްޓެލްކޯ އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢްލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް މިކުންފުންޏަށް 11 ޖަނަވަރީ 2021 ގެ ކުރިން އީމެއިލް ކުރެއްވުމުން މަޢުލޫމާތު ލިބިލައްވާނެއެވެ. އަދި ސުންގަޑިއަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338365 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މިއެޑްރެހަށެވެ.
23 ޖުމާދަލްއޫލާ 1442