ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތު
މާލެ، ދިވެހިރާއްޖެ
އިޢުލާން
ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއަށް އިންޕޯޓްކުރާ ކާބޯތަކެތި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލަށް ބަދަލުގެނައުން
ކޮވިޑް-19 އާއި ގުޅިގެން ކާބޯތަކެތި އިންޕޯޓުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް ލުއިދިނުމަށް އެކުލަވާލައިފައިވާ އުސޫލަށް ބަދަލުގެނައުމަށް މި އޮތޯރިޓީން ވަނީ ނިންމާފައެވެ. މިގޮތުން އިންޕޯޓްކުރާ ކާބޯތަކެއްޗައް ހެލްތު ކްލިއަރަންސް ދޫކުރާނީ ތިރީގައިވާ ކަންތައްތަކަށް ބެލުމަށްފަހު އެކަންތައް ފުރިހަމަވާނަމައެވެ.
1- ހެލްތު ސެޓްފިކެޓް ހުށަހަޅަންޖެހޭ ކާބޯތަކެތި
- އޮރިޖިނަލް ހެލްތު ސެޓްފިކެޓު އިންވޮއިސްއާއި އެކު ހުށަހެޅުން.
- އޮންލައިންކޮށ ވެރިފައި ކުރެވޭ ސެޓްފިކެޓް ވެރިފައިކުރުމަށްފަހު އިޤުރާރު ކުރުމަކާއި ނުލާ ދޫކުރުން
- ހެލްތު ސެޓްފިކެޓް ދޫކުރާ ޤައުމެއްގެ ކޮންޕިޓެންޓް އޮތޯރިޓީއަކުން މިއޮތޯރިޓީއަށް އިލެކްޓްރޯނިކް މެއިލް މެދުވެރިކޮށް ހުށަހަޅާ ހެލްތު ސެޓްފިކެޓް ވެރިފައިކުރުމަށްފަހު އިޤުރާރު ކުރުމަކާއި ނުލާ ދޫކުރުން
2- ކާބޯތަކެތީގައި ލޭބަލް ފުރިހަމަކުރުން
- ދިވެހިރާއްޖެ އެތެރެކުރާ ކާބޯތަކެތި ލޭބަލް ކުރުމުގެ ޤައުމީ މިންގަނޑު "ބަންދުކުރި ކާބޯތަކެތި ލޭބަލް ކުރުމުގެ ޤައުމީ މިންގަނޑު" ގައިވާ ޝަރުތުތައް ފުރިހަމަވާން ވާނެއެވެ.
ވީމާ، 1 ފެބްރުއަރީ 2021 ފެށިގެން އިންޕޯޓްކުރާ ކާބޯތައްޗައް ހެލްތު ކްލިއަރަންސް ދެވޭނީ މަތީގައިވާ ޝަރުތުތައް ފުރިހަމަވާނަމައެވެ.