މަސައްކަތް
ނަންބަރު: (IUL)475/475/2021/3
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 28 ޖަނަވަރީ 2021 11:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކިލްސް ފޮރ އަ ރިޒިލިޔެންޓް ވޯރކްފޯރސް ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކުރުމަގެ ދަޢުވަތު

އިއުލާން

ސްކިލްސް ފޮރ އަ ރިޒިލިޔެންޓް ވޯރކްފޯރސް ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު

 

            ކުރިން ކުރި އިއުލާން ނަންބަރު(IUL)475/475/2020/162  އަށް ކުރިމަތިލެއްވި ފަރާތްތަކުން ހުށަހެޅުއްވި ޕްރޮޕޯސަލްތަކުގައި ހުންނަންޖެހޭ ( ޓާމްސް އޮފް ރިފަރެންސް ގައި ބަޔާންކުރި ) މައުލޫމާތު ފުރިހަމަކޮށްފައި ނުވާތީއާއި ހުށަހަޅުއްވަންޖެހޭ ބައެއް ލިޔުންތައް ހުށަހަޅުއްވާފައި ނުވުމާއި އަދި މި މިނިސްޓްރީން އުންމީދުކުރި ވަރުގެ ތަރުހީބެއް ލިބިފައި ނެތުމުން، އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.

ވާރލްޑް ބޭންކުގެ އެހީއާއިއެކު ދިވެހި ސަރުކާރުން ތަންފީޒުކުރާ "(MALDIVES:ENHANCING EMPLOYABILITY RESILIENCE OF YOUTH PROJECT (MEERY:P163818" ގެ ދަށުން ކުރިޔަށް ގެންދިއުމަށް ރާވާފައި ހުރި ޕްރޮގްރާމުތަކުގެ ޓްރޭނިންގ ހިންގައިދޭނެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު އަރުވަމެވެ. މި ޕްރޮގްރާމާއި ގުޅުން ހުރި މައުލޫމާތާއި، ޝަރުތުތަކާއި، މާކްސްދޭނެ މިންގަނޑު އިއުލާނާއެކު މިވަނީއެވެ.

            މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް އަދި މައުލޫމާތު ސެޝަންގައި ބައިވެރިވެލެއްވުމަށް 2021 ޖެނުއަރީ 18 ގެ 13:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ 2021 ޖެނުއަރީ 19 ގެ 11:00 ގައި އޮންލައިންކޮށެވެ. އަދި ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް ސެޝަންގެ ލިންކް އީ-މެއިލް އިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2021 ޖެނުއަރީ 28 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ. މައުލޫމާތު ސެޝަނުގައި ބައިވެރިވެ ނުލެއްވިޔަސް އަންދާސީހިސާބު ހުށަހެޅުއްވޭނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

            07 ޖެނުއަރީ 2021

07 ޖަނަވަރީ 2021