ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
އުލިގަން
ދިވެހިރާއްޖެ.
ނަންބަރު: IUL)245/245/2021/2)
އިޢުލާން
ވަގުތީ އިމާމުން/ މުދިމުންގެ ޕޫލް އެކުލަވާލުމަށް އިމާމުން/ މުދިމުން ހޯދުމަށް
ހއ.އުލިގަމު މިސްކިތްތަކުގެ އިމާމުން އަހަރީ ޗުއްޓީ، ޢާއިލީ ޒިންމާގެ ޗުއްޓީ ނުވަތަ ސަލާމް ބުނުމުން، ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖް އެމްޕުލޯއިމަންޓްގެ އުޞޫލުން ޕޫލް އެކުލަވާލުމަށްޓަކައި މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލަމެވެ.
މަޤާމް |
އިމާމު / މުދިމް
|
ބޭނުންވާ އަދަދު: |
4 (ހަތަރެއް)
|
ޕޫލްގެ މުއްދަތު: |
01 އަހަރު
|
އުޖޫރަ: |
|
މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން: |
ހއ.އުލިގަމު މަސްޖިދުލް ހުދާ މިސްކިތް ހއ.އުލިގަމު މަސްޖިދު މޫސާ ޢަލީ މިސްކިތް
|
މަޤާމުގެ ޝަރުޠު: |
މުދިމްކަމުގެ ސަނަދު ނުވަތަ އިމާމުން ތަމްރީންކުރާ ކޯހުގެ ލެވެލް 1، 2، 3 ގެ ސެޓްފިކެޓްއެއް ލިބިފައިވުން ނުވަތަ އެފަދަ ކޯހެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ނުވަތަ މިސްކިތުގެ ވަގުތު ބަންގިގޮވާ އިމާމުވެ ނަމާދުކުރުމުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
|
ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް: |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މިމަޤާމަށް އެދޭ ފަރާތްތަކުން 13 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ވަޒީފާއަށް އެދި މިއިދާރާއަށް ސިޓީ ހުށަހަޅަން ވާނެއެވެ. |
|
|
އިތުރު މަޢުލޫމާތު: |
ވޭޖް އިމްޕްލޯއިމަންޓްގެ ދަށުން މިސްކިތު އިމާމުން ނުވަތަ މުދިމުން ބޭނުންވަނީ 2021 ޖަނަވަރީ އިން 2021 ޑިސެންބަރުގެ ނިޔަލަށް ދާއިމީ މިސްކިތު އިމާމުން އަހަރީ ޗުއްޓީ، ސަލާމް އަދި ޢާއިލީ ޒިންމާގެ ޗުއްޓީ ނެގުމުން އެދުވަސްތަކުގައި ވަގުތީގޮތުން މަސްޖިދުލް ހުދާ / މަސްޖިދު މޫސާ ޢަލީ މިސްކިތުގައި އިމާމުވެ ނަމާދުކުރުމަށެވެ.
|
22 ޖުމާދަލްއޫލާ 1442
06 ޖަނަވަރީ 2021