މަސައްކަތް
ނަންބަރު: (IUL)GS-103/GS-103/2021/1
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 18 ޖަނަވަރީ 2021 10:00
ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް

އިއުލާން    

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021ޖެނުއަރީ 10 އިން 2021 ޖެނުއަރީ 12 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021ޖެނުއަރީ 12 ވާ އަންގާރާ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021ޖެނުއަރީ 13 ވާ ބުދަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.

 

5. ބީލަން ހުޅުވުން އޮންނާނީ 2020ޖެނުއަރީ 18 ވާ  ހޯމަ ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.

 

6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބިލެތްފަހީ ސްކޫލް / ށ.ބިލެތްފަހި

ފޯން: 6540580

އީ-މެއިލް: [email protected]

23 ޖުމާދުލްއޫލާ 1442

07 ޖެނުއަރީ  2021 

07 ޖަނަވަރީ 2021