މަޤާމް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި އާއި މުއްދަތު
|
ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ހިތަދޫ އިޖުތިމާޢީ މަރުކަޒު ، ހިތަދޫ / އައްޑޫ
|
މުސާރަ:
|
4465/- ރުފިޔާ
|
ސަރވިސް އެލަވަންސް:
|
1500/- ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އިޖްތިމާޢީ މަރުކަޒު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި ހުޅުވާ ލެއްޕުމުގެ ހުރިހާ އިންތިޒާމުތަކެއް ރާވާހަމަޖެހިފައިވާ ކަމުގެ ޔަޤީންކަން ލިބުން.
- ކޮންމެ މަހެއްގެ ޙާޟިރީ/އިތުރުގަޑި ރިޕޯޓް މަހުގެ 15 ވަނަ ދުވަހަށް ނިންމާ، 16 ވަނަދުވަހު އޮފީސްބަންދުވުމުގެ ކުރިން އަވަށު އޮފީހަށް ފޮނުވުން.
- ކޮންމެ މަހެއްގެ މަންތްލީ ރިޕޯޓް ޖެހިގެން އަންނަމަހުގެ 5 ވަނަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އަވަށު އޮފީހަށް ފޮނުވުން.
- މަރުކަޒުގެ މުވައްޒަފުންގެ ޙާޟިރީ، އިތުރުގަޑީގައި ހުޅުވާލެއްޕުމުގެ ހުއްދަލިބިގެން ކުރެވޭ މަސައްކަތްތަކުގެ ޙާޟިރީ ބެލެހެއްޓުމާއި ދުވަހުންދުވަހަށް ނިންމަންޖެހޭ އިދާރީ މަސައްކަތްތައް ނިންމުން.
- އަޕްޑޭޓްކޮށް ބަލަހައްޓަންޖެހޭ މަޢުލޫމާތުތައް ގަވާއިދާ އެއްގޮތަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ކުޅިވަރާއި އެހެނިހެން ކަންތައްތައްކަށް ހޯދޭ ތަކެތީގެ އިންވެންޓްރީ އާއި އެހެނިހެން ލިޔެކިޔުންތައް ފުރިހަމަކުރުމުގެ ޔަޤީންކަންލިބުން.
- މަރުކަޒުގެ އަހަރީ ރިޕޯރޓްކަޑައެޅިފައިވާ ތާރީޚަކަށް އަވަށު އޮފީހަށް ފޮނުވުން.
- މަރުކަޒުން ދޭ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ތަކެއްޗާއި، މަރުކަޒުގެ މަރާމާތާއި، އާބަތުރާ ފިލުވުމުގައި ކުރަންޖެހޭ ކަންތައްތަކުގައި ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކުރުން.
- ލިޔެކިޔުންތައް ފަސޭހައިން ފެންނާނެގޮތަކަށް ފައިލްކޮށް ބެލެހެއްޓުން.
- މީގެ އިތުރުންވެސް ތަނައް ބޭނުންވެއްޖެ ވަގުތެއްގައި ކުރަންޖެހޭ މަސައްކަތްކުރުން.
|
މަޤާމުގެ ޝަރުތުތައް:
|
ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނުވަތަ
ލިޔަން ކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ޤާބިލްކަން
- ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖަނަވަރީ 17 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން، ހިތަދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ޖަނަވަރީ 24 އާއި 2021 ޖަނަވަރީ 28 އާ ދެމެދު، ހިތަދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885753 ނަންބަރު ފޯނާއެވެ.
|
23 ޖުމާދަލްއޫލާ 1442
|