ދިވެހިރާއްޖެ
ނަންބަރު:A/IUL/344/2021/1
އިޢުލާން
އއ. ފެރިދޫގެ އަލަށްއާބާދުވާ ސަރަޙައްދުގެ ބައެއް މަގުތަކުގައި ހުރި ރުއްގަހުގެ ނީލަން ކިޔުން:
އއ. ފެރިދޫގެ އަލަށް އާބާދުވާ ސަރަޙައްދުގެ ބައެއް މަގުތަކުގައި ހުރި ތިރީގައި ބަޔާންކޮށްފައިވާ ރުއްގަސް، ކަނޑާލަން ބޭނުންވާތީވެ، ނީލަމުގައި ވިއްކާލަންބޭނުންވެއެވެ. މިރުއްތަކުގައި ނޫކުލައިގެ ދަވާދުން R-01 އިން R-12 އަށް އަދި ގަސްތަކުގައި G-01 އިން G-02 އަށް ޖަހާފައި ހުންނާނެއެވެ.
ރުއްގަހުގެ މަޢުލޫމާތު:
- ހުސްނުހީނާމަގު، "ރުމޭނިޔާ އަދި ފަލަކު" ގޯތި ކައިރީގައިވާ 03 ރުއް
- އޯކިޑްމަގު، "ތޫރި" ގޯތި ކައިރީގައިވާ 02 ރުއް
- ލިލީމަގު، "ނިއު ޖިފުޑި އަދި މުތީ" ގޯތި ކައިރީގައިވާ 02 ރުއް
- އަޙްމަދީމަގު، "ގާވިޔާ އަދި އާބާދު" ގޯތި ކައިރީގައިވާ 03 ރުއް
- އަބަދަށްހިޔާމަގު، "ރިހާބު" ގޯތި ކައިރީގައިވާ 02 ރުއް
- ލިލީމަގު އަދި އަޙްމަދީމަގު، "ޝާދީހިޔާ" ގޯތި ކައިރީގައިވާ 02 ގަސް މިދިލި
ވީމާ، މި ނީލަމުގައި ބައިވެރިވެލަށްވަން ބޭނުންވާ ފަރާތްތަކުން މިރުއްގަސް ބެލުމަށްފަހު، 18 ޖަނައަރީ 2021 ވާ ހޯމަ ދުވަހުގެ 10:00 އަށް މިކައުންސިލްގެ އިދާރާއަށް ދުރުވެދެއްވުން އެދި ދެންނެވީމެވެ. ނީލަމަށް ދުރުވާއިރު އެޗް.ޕީ.އޭގެ އުޞޫލުތަކާއި އެއްގޮތަށް ޢަމަލު ކުރެއްވުމަށް ދެންނެވީމެވެ.
22 ޖުމާދަލްއޫލާ 1442