ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލްގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ސްކޫލުން 2020 ޑިސެންބަރ 30 ވަނަ ދުވަހު ކުރި އިޢުލާން GS146/IUL/2020/12 އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ހާޟިރުވެފައިވަނީ ދެފަރާތުން ކަމުގައިވާތީ އެޢިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
1. ސެން ކްލާސް ހެދުން
2. ޕްރިންޓިންގ ރޫމް ބޮޑުކޮށް، ފުރާޅު ބަދަލުކުރުން
3. ގުދަނުގައި ތަޅުން އެޅުމާއި ސިމެންތި ޖެހުން
މި މަސައްކަތްތަކަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތްތައް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖަނަވަރީ 07 ން 2021 ޖަނަވަރީ 12 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 ން 12:00 އަށް މިއިދާރާއަށް ވަޑައިގެން ނަންނޯޓްކުރެއްވުން އެދެމެވެ. މިމުއްދަތުގައި ނަންނޯޓު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. ނަންނޯޓް ކުރައްވަން ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީ ކޮޕީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑު ހުށަހަޅުއްވަން ވާނެއެވެ.
މައުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާޑު ގެންނަވަންވާނެއެވެ.
މި މަސައްކަތްތަކާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2021 ޖަނަވަރީ 12 ވާ އަންގާރަ ދުވަހުގެ 13:30 ގައި ގުޅީ ސްކޫލް އޮފީހުގައެވެ.
ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 17 ވާ އާދިއްތަ ދުވަހުގެ 13:30 ގައި ގުޅީ ސްކޫލް އޮފީހުގައެވެ.
މި މަސައްކަތްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖަނަވަރީ 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.
ގުޅީ ސްކޫލް / ކ. ގުޅި
ފޯން: 6642512
އީމެއިލް: [email protected]
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
22 ޖުމާދަލްއޫލާ 1442