ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2021/3
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 20 ޖަނަވަރީ 2021 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯތިތަކަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް ޕޮއިންޓްދީ ޢާންމުކުރުން

ނ.ކެނދިކުޅުދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯތިތަކަށް ކުރިމަތިލާފައިވާ 293 ފަރާތުގެ ފޯރމްތަކަށް ޕޮއިންޓްދީ އެފަރާތްތަކުގެ ޕޮއިންޓްތައް މިޢިއުލާނާއެކު ޢާންމުކުރަމެވެ. މި ޕޮއިންޓް ޝީޓަށް ޝަކުވާ ހުށައެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން 20 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ޝަކުވާ ފޯރމް ހުށައެޅުއްވުމަށް ދަންނަވަމެވެ. ޝަކުވާ ހުށައަޅާ ފޯރމް، ރަސްމީ ގަޑީގައި މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މީގެ އިތުރުން އޮންލައިންކޮށް މި ފޯރމް ބޭނުން ފުޅުވާ ފަރާތްތަކަށް ތިރީގައި މިވާ ލިންކުން ޝަކުވާ ހުށައަޅާ ފޯރމް

ލިބޭނެއެވެ. އެއްވެސް ފަރާތެއްގެ ޕޮއިންޓް ދީފައިވާ ގޮތާއިމެދު އެއްވެސް ޝަކުވާއެއްވާނަމަ މި ފޯރމް ފުރިހަމަކުރުމަށްފަހު މިކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ. އަދި މީގެއިތުރުން އެއްވެސް ފަރާތެއްގެ ނަން މި ލިސްޓްގައި ނެތްކަމުގައި ވާނަމަވެސް އެކަމުގެ ޝަކުވާ ހުށައެޅުމަށް ދަންނަވަމެވެ.

https://drive.google.com/file/d/1I2-GyefGlQzI0I01aZLXkzG-KYB68NEf/view?usp=sharing

 ޕޮއިންޓް ޝީޓް މި އިޢުލާނާއިއެކު ޢާންމުކުރުމުގެ އިތުރުން މިކައުންސިލްގެ ނޯޓިސް ބޯޑުގައި ޢާންމުކުރެވިފައި ވާނެއެވެ. އަދި އޮންލައިންކޮށް މިޝީޓު ތިރީގައި މިވާ ލިންކްތަކުން ލިބިވަޑައިގަންނަވާނެއެވެ.

ކެނދިކުޅުދޫގެ ރަށްވެހިން:

https://drive.google.com/file/d/15JYgIF6bQ-c3HXvcSHXXeaL_CMatrlMs/view?usp=sharing

ރަށުން ބޭރު ފަރާތްތައް:

https://drive.google.com/file/d/14RiutUR6ZgyKvyYE7uUu1Q5qUD3w80qY/view?usp=sharing

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.          

22 ޖުމާދަލްޢޫލާ 1442              

06  ޖެނުއަރީ  2021

06 ޖަނަވަރީ 2021