ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2021/2
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 21 ޖަނަވަރީ 2021 10:30
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ކުޅުދުއްފުށީ ކައުންސިލްއަށް 1 އަހަރު ދުވަހުގެ މުއްދަތަށް އައުޓްސޯސްކޮށްގެން މަގު ބައްތިތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މިމަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 06 ޖަނަވަރީ 2021 (ބުދަ) ދުވަހުގެ 08:00 ން ފެށިގެން 12 ޖަނަވަރީ 2021 ވާ (އަންގާރަ) ދުވަހުގެ 14:00 އާއި ދެމެދު މިއިދާރާގެ ނަމްބަރ 6528831 އަށް ގުޅުއްވާ ނުވަތަ މިއިދާރާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

  •  މައުލޫމާތު ދިނުން – 14 ޖަނަވަރީ 2021 ވާ (ބުރާސްފަތި) ދުވަހުގެ 10:30 ގައި
  • އަންދާސީ ހިސާބު ހުށަހެޅުން – 21 ޖަނަވަރީ 2021 ވާ (ބުރާސްފަތި) ދުވަހުގެ 10:30 ގައި

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ލިޔުމެއް ގެންނަވަން ޖެހޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

06 ޖަނަވަރީ 2021