ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MRH/MRH/2021/1
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 14 ޖަނަވަރީ 2021 00:00
މުލަކަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލެބޯޓްރީ ސާމްޕަލް އުފުލައިދޭނެ ފަރާތެއް ހޯދުން

                                   އިޢުލާން

 

ލެބޯޓްރީގެ ސާމްޕަލް އުފުލުން.

 

            މ.އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން ލެބޯޓްރީގެ ޚިދުމަތް ލިބެން ނެތް ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުން ޓެސްޓް ތަކުގެ ސާމްޕަލް ކަނޑައެޅޭ ރަށްރަށަށް ގެންދިއުމާއި ސާމްޕަލް އުފުލާ ކެރިއަރ އަނބުރާ ގެނައުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. 

ސާމްޕަލް ގެންދަންޖެހޭ ރަށް މ.ނާލާފުށީ ޞިއްޙީ މަރުކަޒުން މ. މުލީ ރީޖަނަލް ހޮސްޕިޓަލްއަށް.                

             މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މ.ނާލާފުށީ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 13 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ10:00 އަށް މ.ނާލާފުށީ ޞިއްޙީ މަރުކަޒަށް އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

            މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު    ބަލައި ނުގަންނާނެ  ވާހަކައާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި،6720010 މިނަމްބަރާއި ގުޅުއްވުން އެދެމެވެ.       

                       04 ޖަނަވަރީ 2021

04 ޖަނަވަރީ 2021