ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS118/2021/01
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 21:07
ސުންގަޑި: 07 ޖަނަވަރީ 2021 12:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ސުކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަރު އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމާގުޅޭ

                                          ނަމްބަރު:01/2021/(IUL) GS118

އިޢުލާނު

2021 ވަނަ އަހަރު އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމާގުޅޭ

                           ކޯވިޑް-19 ގެ ޙާލަތަށް ރިޢާޔަތްކޮށް ދިރާސީ އަހަރަށް ގެނެވުނުބަދަލާ ގުޅިގެން "ސްކޫލްތަކަށް ކުދިންވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި 2021 ވަނައަހަރު ޢަމަލު ކުރާނެ އުޞޫލު" މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ވަނީ އެކުލަވާލައި ޢާންމު ކޮށްފައެވެ. މި އުޞޫލުގެ 4 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން ބައެއް ދަރިވަރުންނަށް ލިބޭ ފުރުޞަތު ހަނިވެދާނެ ކަމަށް މިމިނިސްޓްރީއަށް ޤަބޫލުކުރެވޭތީ، ދަރިވަރުންނަށް އެލް.ކޭ.ޖީގެ ޙާއްސަ ޕްރޮގްރާމަށް ވަނުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ މީލާދީގޮތުން 01 އޮގަސްޓް 2021 އަށް 5 އަހަރު ފުރޭ  ދަރިވަރުންނަށެވެ. LKGގެ ޚާއްޞަ ޕްރޮގްރާމަކީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ. LKGގެ ދަރިވަރުންގެ ތެރެއިން 1 އޮގަސްޓް 2021 ށް 5 އަހަރު ފުރޭ ދަރިވަރުން 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގައި ފަށާނީ UKG ކްލާހެވެ.

                     ވީމާ، 01 އޮގަސްޓް 2021 އަށް 5 އަހަރު ފުރޭ ކުދިންގެ ތެރެއިން ސުކޫލަށް ވެއްދުމަށްބޭނުންވާ ދަރިވަރުންގެ ބެލެނިވެރިން، 07 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން "2021 ވަނަ އަހަރު އެލް.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއި އެކު ހުށައަޅަންޖެހޭ ތަކެއްޗާއިއެކު މިސްކޫލްގެ އޮފީހަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. މިފޯމް ސްކޫލްގެ އޮފީހުން 05 ޖެނުއަރީ 2021 ވީ އަންގާރަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.    

05 ޖަނަވަރީ 2021