ދިވެހިރާއްޖެ
މަޤާމު: ޗީފް އެގްޒެކްޓިވް
މަޤާމުގެ ނަންބަރު: J-330671
ބޭނުންވާ އަދަދު: 1
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކު: ސީ.އެސް 18
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް ޑިރެކްޓަރ ޖެނެރަލް
ވަޒީފާ އަދާކުރަން ޖެހޭ ތަން: ކ. މާލެ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
މުސާރަ: -/20,500 ރުފިޔާ
ލިވިން އެލަވަންސް: -/15,000 ރުފިޔާ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން އަންނަނިވި ޒިންމާތައް އަދާކުރުން.
- ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރެވޭނެ އިންތިޒާމު ގާއިމުކޮށް، އެ އިންތިޒާމު ހަރުދަނާކޮށް ހިންގުން.
- އިދާރާގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ބެލެހެއްޓުމުގެ ނިޒާމު އިދާރާގައި ޤާއިމުކޮށް، އެ ކަމާ މުވައްޒަފުން ޒިންމާ ކުރުވައި އެކަންކަން ބެލެހެއްޓުން.
- ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، އުޞޫލުތަކާ އެއްގޮތަށް ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާއަދާކުރާ ތަން ބަދަލުކުރުމާއި، މުވައްޒަފުންނަށް ކަނޑައެޅޭ މުސާރައާއި ޢިނާޔަތާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމާއި، މުސާރަ ލިބޭ ގޮތަށް ނުވަތަ ނުލިބޭގޮތަށް ނަމަވެސް މުވައްޒަފެއް ވަޒީފާއަށް ނުކުތުން މަނާކުރުމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން.
- ޤާނޫނު ނަންބަރު 2020/26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ރ) އަދި (ބ) ގައި ބަޔާން ކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުން.
- ޤާނޫނު ނަންބަރު 2020/26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) އާއެއްގޮތްވާ ގޮތުގެ މަތިން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑު ލަފަޔާ އިރުޝާދުގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުން.
- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިދާރީ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ޔުޓިލިޓީ ރެގިއުލޭޓަރި އޮތޯރިޓީގެ ބޯޑުގެ ލަފަޔާ އިރުޝާދުގެ މަތިން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން.
- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑުގެ ނިންމުންތައް ތަންފީޛް ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ޕްލޭންތައް ބޯޑުގެ މަޝްވަރާގެ މަތިން އެކުލަވާލައި ޕްލޭންތަކުގެ މަސައްކަތްތަކާއި އެ ޕްލޭންގައި ކަނޑައަޅާ ލަނޑުދަޑިތައް ޙާޞިލް ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މެންޑޭޓާ އެއްގޮތްވާ ގޮތުގެ މަތިން މަޤްޞަދުތައް ޙާޞިލްވޭތޯ ބަލައި، ނަތީޖާ ޙާޞިލުކުރެވޭ މިންވަރު ދެނެގަނެ އެ މަސައްކަތްތައް ރާވައި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑުގެ މަޝްވަރާގެ މަތިން ތަރައްޤީކޮށް ކުރިއަރުވާ ބެލެހެއްޓުން.
- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މެންޑޭޓާއި ސަރުކާރުގެ ސިޔާސަތުތަކަށް ރިޢާޔަތްކޮށް އޮތޯރިޓީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި އޮފީހުން ހިންގުމަށް ރާވާ ޕްރޮޖެކްޓްތައް އެކުލަވާލާ ތަންފީޛް ކުރުން،
- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ދެވޭ ޚިދުމަތްތައް ތަރައްޤީކުރުމަށްޓަކައި މުވައްޒަފުންނަށް ބޭނުންވާނެ ތަމްރީންތައް ދެނެގަނެ އެކަންކަން ބޯޑުގެ ލަފާގެ މަތިން ކުރުން.
- އޮތޯރިޓީގެ ޖަލްސާތައް ބާއްވައި، ޖަލްސާތަކުގެ އިދާރީ ކަންކަން ބަލަހައްޓައި، ހިސާބުތައް ބަލަހައްޓައި، ހިސާބުތައް އޮޑިޓް ކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ކުރުން.
- މުވައްޒަފުންގެ މަސައްކަތްތައް ބަލާ މޮނިޓަރކޮށް، މަސައްކަތުގެ ފެންވަރު ވަޒަންކޮށް އުފެއްދުންތެރިކަން އިތުރުކުރުމުގެ ކަންތައްތައް ރާވާ ބެލެހެއްޓުން.
މަޤާމުގެ ޝަރުޠުތައް:
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާލިބިފައިވުން، މީގެ ތެރެއިން 4 އަހަރު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ ހިންގުމުގެ ތަޖުރިބާ ކަމުގައިވުން. ނުވަތަ
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން، މީގެ ތެރެއިން 4 އަހަރު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ ހިންގުމުގެ ތަޖުރިވާ ކަމުގައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް
އެނާޖީ އިންޖިނިއަރިންގ، އެނާރޖީ މެނޭޖްމަންޓް، ވޯޓަރ އެންޑް ސެނިޓޭޝަން، ވޯޓަރ ރިސޯސް މެނޭޖްމަންޓް، ވޯޓަރ ޓެކްނޮލޮޖީ، ވޭސްޓް މެނޭޖްމަންޓް، އެންވަޔަރަންމެންޓަލް އިންޖިނިއަރިންގ، އެންވަޔަރަންމެންޓަލް މެނޭޖުމަންޓު، އެންވަޔަރަންމެންޓަލް ސައިންސް، އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ
ގުޅޭ ވަޒީފާގެ ދާއިރާތައް
ހަކަތަ، އެނަރޖީ އިންޖިނިއަރިންގ، ފެނާއި ނަރުދަމާ، ވޯޓަރ ޓެކްނޮލޮޖީ، ވޭސްޓް މެނޭޖްމަންޓް، އެންވަޔަރަމެންޓް، އެންވަޔަރަމެންޓަލް އިންޖިނިއަރިންގ، އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައިނޭންސް، އެކައުންޓިންގ
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. (http://www.csc.gov.mv/download/2249)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:
(ހ). މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ). މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. - މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް
|
ދާއިރާ |
ބެލޭނެ ބައިތައް |
ޕޮއިންޓް |
އިންސައްތަ % |
ކެޓެގަރީގެ ޖުމްލަ އިންސައްތަ |
|
ތަޢުލީމު |
ލިބިފައިވާ ތަޢުލީމު |
85 |
20 |
25 |
|
ކޯ ޑިސިޕްލިންގެ ސެޓްފިކެޓް |
5 |
5 |
||
|
މަސައްކަތުގެ ތަޖުރިބާ |
މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ |
20 |
25 |
25 |
|
ލިބިފައިވާ ހުނަރު |
އިމްތިޙާނު/ޕްރެކްޓިކަލްސް |
50 |
20 |
50 |
|
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން |
100 |
30 |
||
|
ޖުމްލަ |
|
270 |
100 |
100 |
(ހ) މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %25 (ފަންސަވީސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.
(ށ) މި ކްރައިޓީރިއާގައި ހިމެނޭ މަޤާމުތަކަށް ތަޢުލީމާއި ތަޖުރިބާގެ ބަޔަށް ޕޮއިންޓުދޭނީ ޝަރުޠު ހަމަކުރުމަށް ބޭނުންކުރި ސެޓްފިކެޓާއި ތަޖުރިބާ ފިޔަވައި އެއަށް ވުރެ މަތިން ހާސިލުކޮށްފައިވާ ތަޢުލީމާއި ތަޖުރިބާއަށެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖަނަވަރީ 13 ވާ ބުދަ ދުވަހުގެ ގެ 1200 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަރަންމަންޓް އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ،އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނީ، 14 ޖަނަވަރީ 2021 އާއި 21 ޖަނަވަރީ އާ ދެމެދު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2)ފޯމު" އާންމުކުރުން:
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2) ފޯމު" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018327، 3019100 އަށެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
21 ޖުމާދަލްޢޫލާ 1442
5 ޖަނަވަރީ 2021