ނީލަން
ނަންބަރު: R/IUL/2021/03
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 18:29
ސުންގަޑި: 13 ޖަނަވަރީ 2021 11:30
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިއުން

ނަންބަރ: R/IUL/2021/03     

އިޢުލާން

މި ކުންފުނީގެ އއ. ބޮޑުފޮޅުދޫ އިންޖީނުގޭގައި ހުރި މިދަންނަވާ ތަކެތި ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

-  ޗެއިން ބްލޮކް (ހަލާކުވެފައި)

- ވޯޓަރ ޕަމްޕް ތަކެއް (ހަލާކުވެފައި)

- ކަޓް އޮފް މެޝިން (ހަލާކުވެފައި)

- އަލްމިނިއަމް ހަރުގަނޑު (ހަލާކުވެފައި)

- ކާޗާ މެޝިން (ހަލާކުވެފައި)

- ޓިނު ކަފާ ކަތުރު (ހަލާކުވެފައި)

- ބެޓަރީ ބުރުމާ (ހަލާކުވެފައި)

- އިންޖެކްޓަރ ޓެސްޓަރ (ހަލާކުވެފައި)

- ގިރިސް ގަން (ހަލާކުވެފައި)

މި ނީލަން ފެށޭ އަގަކީ 4,500.00ރ (ހަތަރުހާސް ފައްސަތޭކަ) ރުފިޔާ އެވެ.

ވީމާ، މިތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 10 ޖަނަވަރީ 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 13 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 11:30 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި 10 ޖަނަވަރީ 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ނުވާ ފަރާތް ތަކަށް ވެސް މިނީލަމުގައި ބައިވެރިވެވޭނެ ކަމުގައި ދަންނަވަމެވެ.

މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރިއެއް ނުވެ ވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 03 ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާތިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ކުރީގެ ނީލަން ކާމިޔާބު ކުރި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

މި ތަކެތީގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު: 3338365 ފޯނާ ގުޅުއްވުން އެދެމެވެ.

21 ޖުމާދަލްއޫލާ 1442

05 ޖަނަވަރީ 2021