ދިވެހިރާއްޖެ
ދިވެހިރާއްޖެއިން ބައިވެރިވެރިފައިވާ މުޢާޙަދާއެއްކަމަށްވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަގެ ދަށުން 2020 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަށް އެޗްސީއެފްސީ ގޭސް އެތެރެކުރުން ހުއްޓާލުމާއެކު، 2021 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ސަރވިސިން ޓެއިލެއްގެ ގޮތުގައި ކޮންމެ އަހަރަކު 1.68 މެޓްރިކް ޓަނުގެ އެޗްސީއެފްސީ އެތެރެކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން، 2021 ވަނަ އަހަރާއި 2022 ވަނަ އަހަރަށް ނިސްބަތްވާ އެޗްސީއެފްސީ ކޯޓާތައް އެއްކޮށްލުމަށް މި މިނިސްޓްރީއިން ވަނީ ނިންމާފައެވެ. ވީމާ، ޖުމްލަ 3.36 މެޓްރިކްޓަނުގެ އެޗްސީއެފްސީ އެތެރެކުރަން ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތުގެ “ބީލަން ފޮތް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅާނީ 2021 ޖަނަވަރީ 17 ވާ އާދިއްތަ ދުވަހު 11:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ރިސެޕްޝަނަށްށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަ އަނބުރާ ރައްދު ކުރެވޭނެއެވެ. މި މަސައްކަތުގެ ޓެކްނިކަލް ބިޑު ހުޅުވާނީ 2021 ޖަނަވަރީ 17 ވާ އާދިއްތަ ދުވަހު 11:00 ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ގްރީން ބިލްޑިންގ
ހަނދުވަރީ ހިނގުން، މާފަންނު
މާލެ،ދިވެހިރާއްޖެ
ފޯން: +960 3018361 / +960 3018369
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv