ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2021/1
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 10 ޖަނަވަރީ 2021 13:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްއިން ހުށަހަޅާ މަޢުލޫމާތާއި ދޭ ކުރެހުމަކާއެއްގޮތަށް ކުމުންދޫ ބަނދަރު ސަރަޙައްދު ޒީނަތްތެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ބަނދަރުގައި 14 ބެންޗް ގޮނޑި ހަދައިދޭނެ ފަރާތެއް ހޯދުން

                                                                      ނަންބަރު: (IUL)267/267/2021/1

އިއުލާން

 

        މިކައުންސިލްގެ ނަންބަރު:(IUL)267/267/2020/44 އިއުލާންގެ މަޢުލޫމާތުތަކެއް ބަދަލުވުމާގުޅިގެން އެ އިއުލާން ބާތިލްކުރުމަށްފަހު އަލުން އިއުލާންކުރަމެވެ.              

ކައުންސިލްއިން ހުށަހަޅާ މަޢުލޫމާތާއި ދޭ ކުރެހުމަކާއެއްގޮތަށް ކުމުންދޫ ބަނދަރު ސަރަޙައްދު ޒީނަތްތެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ބަނދަރުގައި 14 ބެންޗް ގޮނޑި ހަދައިދޭނެ ފަރާތެއް ހޯދުން

                 ކައުންސިލްއިން ހުށަހަޅާ މަޢުލޫމާތާއި ދޭ ކުރެހުމަކާއެއްގޮތަށް ކުމުންދޫ ބަނދަރު ސަރަޙައްދު ޒީނަތްތެރި ކުރުމަށްޓަކައި ރަށުގެ ނަން ހިމެނޭ މޮނިއުމެންޓް ސަރަޙައްދުގައި 14 ބެންޗް ގޮނޑި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • ·         މައުލޫމާތު ދިނުން – 10 ޖެނުއަރީ 2021 ވާ (އާދިއްތަ) ދުވަހުގެ 13:00 ގައި
  • ·         އަންދާސީ ހިސާބު ހުށަހެޅުން – 14 ޖެނުއަރީ 2020 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގައި

                  މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                   މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.     

                    21 ޖުމާދިލް ޢޫލާ 1442ހ

                    05 ޖެނުއަރީ    2021މ

05 ޖަނަވަރީ 2021