ޢާންމު މަޢުލޫމާތު
ނަންބަރު: GS-14/IUL/2021/01
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 11 ޖަނަވަރީ 2021 14:00
ކ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަގު ފާރު ނަގާ އަލުން އެފާރު ރާނާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

            މިމަރުކަޒުގެ އުތުރުފަރާތު މަގު ފާރު ނަގާ އަލުން އެފާރު ރާނާދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ GS-14/IUL/2020/14 (28 ޑިސެމްބަރ 2020) އިޢުލާނަށް ބީލަން ހުށަހަޅުއްވާފައިވަނީ 2 ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

 

 

            ވީމާ، މިމަސައްކަތްތައް ކޮށްދެއްވަން ބޭނުންފުޅުވެލައްވާ  ފަރާތްތަކުން 2021 ޖެނުއަރީ 7 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2021 ޖެނުއަރީ 11 ވާ ހޯމަދުވަހުގެ 10:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖެނުއަރީ 5 އިން 2021 ޖެނުއަރީ 11 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

            މަޢުލޫމާތު ސާފުކުރެއްވުމަށާ ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު، ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ ކާޑް ގެންނެވުން އެދެމެވެ.

 

           21 ޖުމާދަލްއޫލާ 1442

           05 ޖެނުއަރީ 2021    

05 ޖަނަވަރީ 2021