މަސައްކަތް
ނަންބަރު: (IUL)245/245/2021/01
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 14 ޖަނަވަރީ 2021 10:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކަހާ ސާފްކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން

 

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލް އިދާރާ

އުލިގަން، ދިވެހިރާއްޖެ

 

                                                     ނަންބަރ: IUL)245/245/2021/1)

އިޢުލާން

 

ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރުމާބެހޭ

މިއިދާރާގެ ނަންބަރ: IUL)/245/245/2020/38)އ( 10 ޑިސެމްބަރ 2020) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގު ހުށައަޅުއްވާފައިވާ ފަރާތްތަކުގެ ޕޮއިންޓު އެއްވަރުވެފައިވާތީ، ދެވަނަ ފަހަރަށް އިޢުލާނުކުރަމެވެ.

މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ އަންހެނުންގެ އިޖްތިމާޢީ މަރުކަޒާއި، އުލިގަމު ރަށްވެހިގެ، އަދި ރައްޔިތުންގެ ހިޔާ، މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ ސާފްކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އުލިގަމު ކައުންސިލްގެ ކޮންފަރެންސް ހޯލަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

10 ޖަނަވަރީ 2021 ، 10:00

14 ޖަނަވަރީ 2021 ، 10:00

 

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.

މިމަސައްކަތަށް އެދި ހުށަހަޅުއްވާ އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، އަންދާސީ ހިސާބު ހުށަހަޅުއްވަން އޮންނަ ގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންވާނީ އައި.ޑީ ކާޑުގެ އަސްލު ހިއްޕަވައިގެންނެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީއަކުން އަންގަވަންވާނެއެވެ. މަސައްކަތަށް އެދި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ، އަންދާސީ ހިސާބުތައް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

20 ޖުމާދަލްއޫލާ 1442

04 ޖަނަވަރީ 2021

05 ޖަނަވަރީ 2021