ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2021/4
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:22
ސުންގަޑި: 13 ޖަނަވަރީ 2021 15:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އައި.ޓީ. އެޑްމިނިސްޓްރޭޓަރ

                               މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ 

 

                                   އިޢުލާން ނަންބަރު: IUL)MMPRC-HR/1/2021/4)

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  އައި. ޓީ އެޑްމިނިސްޓްރޭޓަރ

މުސާރަ (މަހަކު) : -/7,080 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,360 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/2,360 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: އިންފޮމޭޝަން ޓެކްނޮލޮޖީ

ބޭނުންވާ އަދަދު: 1

1- ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7 ހާސިލްކޮށްފައިވުން ނުވަތަ،

ށ.  މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 6 ހާސިލްކޮށްފައިވުމާއިއެކު، މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ،

ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 5 ހާސިލްކޮށްފައިވުމާއިއެކު، މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2  އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މިކޯޕަރޭޝަނުގެ ހާޑްވެއަރ އަދި ނެޓްވޯކިންގެ އެންމެހާ މަސައްކަތްތައް ސުޕަރވައިޒަރުގެ ލަފާގެ ދަށުން ބެލެހެއްޓުން

- މިކޯޕަރޭޝަނުގެ ސަރވާ ބެލެހެއްޓުމާއި ސަރވާއާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން

- މިކޯޕަރޭޝަނަށް ބޭނުންވާ ސޮފްޓްވެއަރ ދެނެގަނެ، ހޯދަންޖެހޭ ސޮފްޓްވެއަރތައްހޯދައި، އަޕްޑޭޓްކޮށް ބެލެހެއްޓުން.

- މިކޯޕަރޭޝަންގެ ކޮމްޕިއުޓަރތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް އަޕްޑޭޓް ކޮށް ބެލެހެއްޓުން.

- މިކޯޕަރޭޝަނުގެ ނެޓްވޯކިންގއަށް ދިމާވާ މައްސަލަތައް ދެނެގަނެ، ހައްލުކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން

- މި ކޯޕަރޭޝަންގެ ކޮމްޕިއުޓަރ އިންފްރާންސްޓްރަކްޗަރގެ އެންމެހާ މަސައްކަތްތައް ކުރުން

- މި ކޯޕަރޭޝަނުގެ ޕީ.އޭ.ބީ އެކްސް ސިސްޓަމް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ކުރުން

- މިކޯޕަރޭޝަނުގެ އީމެއިލް އެކައުންތައް މެއިންޓެއިންކުރުމާއި، އަޕްޑޭޓްކޮށް ބެލެހެއްޓުން.

- މި ކޯޕަރޭޝަންގެ އައި.ޓީ ސެކްޝަންގެ އެހެނިހެން މަސައްކަތްތައް ސުޕަރވައިޒަރުގެ ލަފާގެ ދަށުން ކުރުން

- މިކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކިއެކި އިވެންޓްތަކުގައި ހަރަކާތްތެރިވެ ބައިވެރިވުން.

3-  ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:  13 ޖެނުވަރީ 2021 ވަނަ ވާ ބުދަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

- ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

- ޕޮލިސް ރިޕޯޓް

5. އިތުރު މަޢްލޫމާތު

  • މި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • އިންޓަރވިއުއަށް ގުޅާނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.
  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://corporate.visitmaldives.com/downloads/ ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

6- އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

04 ޖަނަވަރީ 2021