ޢާންމު މަޢުލޫމާތު
ނަންބަރު: 182-ENF/CIR/2020/2
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 16:04
ސުންގަޑި: 13 ޖަނަވަރީ 2021 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބްލޫޕްރިސްކްރިޕްޝަން ފޯރ ކޮންޓްރޯލް ޑްރަގްސް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

  މިނިސްޓްރީ އޮފް ހެލްތް

        މާލެ،                                               

      ދިވެހިރާއްޖެ

އިޢުލާން

 

                   

ކޮންޓްރޯލްޑް ޑްރަގްސްް ލިޔުުމަށް ބޭނުންކުރާ ބްލޫޕްރިސްކްރިޕްޝަން ފޮތް ގަތުމަށް ލިބެން ހުންނާނީ އެމް ސެވެން ޕްރިންޓް ޕްރައިވެޓް ލިމިޓެޑް (އެމް.ސެވަން ޓަވަރ ފުރަތަމަ ފަންގިފިލާ، އަމީނީ މަގު) އިންނެވެ. މީލާދީ އާ އަހަރެއް ފެށުމާއެކު ކޮންޓްރޯލްޑް ޑްރަގް ލިޔުމަށް ބޭނުންކުރާ ބްލޫޕްރިސްކްރިޕްޝަން ފޮތް ބޭނުންކުރުމާއި ގުޅޭގޮތުން ބައެއް ފަރާތްތަކަށް އޮޅުން އަރަމުންދާތީވެ މިކަން ހަމަޖެހިފައިވާގޮތް މި އިޢުލާނުގައި ބަޔާން ކުރަމެވެ.

 

  • 2019 ވަނަ އަހަރު (2019 ސީރިއަލް ނަންބަރު) ޖަހައިގެން ޕްރިންޓްކޮށްފައިވާ ބްލޫޕްރިސްކްރިޕްޝަން ފޮތް ބޭނުންކުރެވޭނެ އެންމެފަހު ތާރީހަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް (މީލާދީ 3 އަހަރު)

 

  • 2020 ވަނަ އަހަރު (2020 ސީރިއަލް ނަންބަރު) ޖަހައިގެން ޕްރިންޓްކޮށްފައިވާ ބްލޫޕްރިސްކްރިޕްޝަން ފޮތް ބޭނުންކުރެވޭނެ އެންމެފަހު ތާރީހަކީ 2022 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް (މީލާދީ 3 އަހަރު)

 

  • 2021 ވަނަ އަހަރު (2021 ސީރިއަލް ނަންބަރު) ޖަހައިގެން ޕްރިންޓްކޮށްފައިވާ ބްލޫޕްރިސްކްރިޕްޝަން ފޮތް ބޭނުންކުރެވޭނެ އެންމެފަހު ތާރީހަކީ 2023 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް (މީލާދީ 3 އަހަރު)
  •  

 

ވީމާ މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ. އިތުރުމަޢުލޫމާތު މިއޮތޯރިޓީގެ ނަންބަރ 3014379 އިން ލިބިވަޑައިގަންނަވާނެއެވެ.

04 ޖަނަވަރީ 2021