މަސައްކަތް
ނަންބަރު: GS158/IUL/2021/02
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި:
12 ޖަނަވަރީ 2021 13:00
ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަނގެތީ ސްކޫލްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
ދަނގެތީ ސްކޫލް
އ.ދ. ދަނގެތި/ ދިވެހިރާއްޖެ
ނަމްބަރ:GS158/IUL/2021/02
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލްގެ އިއުލާނު ނަމްބަރ: GS158/IUL/2020/18 ބާތިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
- މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021ޖެނުއަރީ04 އިން 2021ޖެނުއަރީ07 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021ޖެނުއަރީ07ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ2021ޖެނުއަރީ07 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައިމިސްކޫލްގައެވެ.
- ބީލަންހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021ޖެނުއަރީ12 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
- މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.( ނޯޓް: ބީލަމުގެ އަގު 500,000/-ރ. އަށް ބޮޑުވާނެކަމަށް ލަފާކުރެވޭނަމަ ހިމެނުމަށް އަދި މިކަން ބީލަން ގޮތުގައިވެސް ހިމެނުމަށް)
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯން: 6680803
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
20 ޖުމާދަލް އޫލާ 1442
04 ޖެނުއަރީ 2021
04 ޖަނަވަރީ 2021